11 އޮކްޓޯބަރު 2025 - 07:39 0
11 އޮކްޓޯބަރު 2025 - 07:39 0
އިންޓަނޭޝަނަލް ޓޭބަލްޓެނިސް ފެޑެރޭޝަން (އަައިޓީޓީއެފް) އިން ރުހުންދީފައިވާ އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަންގެ 28 ވަނަ މުބާރާތް މިއަަދު ފަށާއިރު، ރާއްޖޭން ޒުވާން ކުޅުންތެރިންް ގިނަ ސްކޮޑަކާ އެކު ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އިންޑިއާގެ ބުބަނޭޝްވަރުގައި، މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މި މުބާރާތް ކުރިއަށްދާއިރު، ރާއްޖޭން ވާދަކުރަނީ، އިރާނުގެ ކޯޗު މަހުދީ ހޯޝްމަރަމްގެ އިރުޝާދުގެ ދަށުންނެވެ. އޭނާ ވަނީ މީގެ ކުރިން ވެސް މި މުބާރާތުގައި ވާދަކޮށް ކުރިއެރުން ހޯދުމުގެ އަޒުމުގައި ކުޅުންތެރިން މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.
އެ ގޮތުން، އޭޝިއާގެ ޓީޓީ މުބާރާތުގައި މި ފަހަރު ރާއްޖޭން ވާދަކުރާ ޓީމުގައި ޒުވާން ކުޅުންތެރިންގެ ނިސްބަތް އިތުރެވެ. ރާއްޖޭން އަންހެން ހަތަރު ކުުޅުންތެރިންނާއި ފިރިހެން ހަތަރު ކުޅުންތެރިން ވާދަކުރާއިރު، ޓީމުގެ މެނޭޖަރަކީ، އަހުމަދު ޝާޒިލް އެވެ.
ކުޅުންތެރިންނަށް ބަލާއިރު، އަންހެން ހަތަރު ކުޅުންތެރިންނަކީ، ފާތިމަތު ދީމާ އަލީ، އަައިޝަތު ރަފާ ނާޒިމް، އައިޝަތު އަލްސާ ނާފިޒު އަދި މިޝްކާ މުހައްމަދު އިބްރާހިމް އެވެ. އަދި، ފިރިހެން ކުޅުންތެރިންގެ ތެރޭގައި، ހިމެނެނީ، މޫސާ މުންސިފް އަހުމަދު، މުހައްމަދު ޝައްފާން އިސްމާއިލް، އަހްޔާރު އަހުމަދު ހާލިދު އަދި މުހައްމަދު ހަލަފް ރާފިއު އެވެ.
Comment