Advertisement

ކްލިކް ކޮލެޖަށް 25 އަހަރު ފުރުން ފާހަގަކުރަން ހާއްސަ ގިވްއަވޭއެއް

10 އޮކްޓޯބަރު 2025 - 20:00 0


ކްލިކް ކޮލެޖަށް 25 އަހަރު ފުރުން ފާހަގަކުރަން ހާއްސަ ގިވްއަވޭއެއް

10 އޮކްޓޯބަރު 2025 - 20:00 0

ކްލިކް ކޮލެޖަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހާއްސަ ގިވްއަވޭއެއް ފަށައިފި އެވެ.

އެ ކޮލެޖަށް 25 އަހަރު ފުރޭނީ އޮކްޓޯބަރު 23، ގަ އެވެ. އެ މުނާސަބަތާ ގުޅުވައި ތަފާތު އެކި ވިޔަފާރިތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިވްއަވޭތަކެއް ކުރިއަށްގެންދާނެ އެވެ.

އެގޮތުން، މިދިޔަ އޮގަސްޓު މަހާއި ސެޕްޓެމްބަރު މަހު ގިވްއަވޭއިން އަށް މީހަކަށް ވަނީ ހަދިޔާ ލިބިފަ އެވެ.

ގްރޭންޑް ގިވްއަވޭގައި ކްލިކުން ޕާޓްނާވީ ކޮންސިއެޖު ގްރޫޕާއި އެލް މޯބައިލްއާ އެވެ. މި ގިވްއަވޭއިން މޮޅުވާ މީހުންނަށް މެލޭޝިއާއަށް ދަތުރު ކުރުމަށް ދެ މީހުންނަށް ދެކޮޅު ޓިކެޓާއި ހައިކާސް ބްރޭންޑުގެ 65 އިންޗުގެ ޓީވީއެއް ލިބޭނެ އެވެ.

ޕްރޮމޯޝަންގައި ބައިވެރިވާނެ ގޮތް:

  • ކްލިކް ކޮލެޖް އަދި ކޮލަބްރޭޓާސްތައް ސޯޝަލް މީޑިއާގައި ފޮލޯކުރުން.
  • ގިވްއަވޭ ޕޯސްޓަށް ލައިކް ކުރުން.
  • ޕޯސްޓުގެ ކޮމެންޓުގައި #CliqueCollege25 ޖެހުމަށްފަހު ތިން ރައްޓެހިން ޓެގުކުރުން.
  • ސްޓޯރީގައި @cliquecollege ގެ އިތުރުން ކޮލަބްރޭޓާސް ޓެގުކުރުމަށް ފަހު ޕޯސްޓު ޝެއާކުރުން. ޕޯސްޓް ޝެއާކުރަނީ ޕްރައިވެޓް އެކައުންޓަކުންނަމަ، ސްޓޯރީގެ ސްކްރީން ޝޮޓެއް ނަގައި ކްލިކް ކޮލެޖުގެ ސޯޝަލް މީޑިއާ އެކައުންޓަށް ޑީއެމް ކުރުން.

ގްރޭންޑް ގިވްއަވޭގެ މުއްދަތު ހަމަވާނީ އޮކްޓޯބަރު 22، ގެ ރޭގަނޑު 23:59 ގަ އެވެ.

ކްލިކް ކޮލެޖުން ބުނީ ގްރޭންޑް ގިވްއަވޭތައް ހޮވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 23، ގައި ކަމަށާއި ހޮވޭ މީހުންގެ މައުލޫމާތުތައް ހާމަކުރާނެ ކަމަށެވެ.

ގްރޭންޑް ގިވްއަވޭގައި ޖުމްލަ 14 މީހަކަށް އިނާމުތައް ލިބިގެންދާނެ އެވެ. އިތުރު މައުލޫމާތު ހޯދުމަށް ކްލިކް ކޮލެޖުގެ ފޭސްބުކް އަދި އިންސްޓާގްރާމްއިން ފޮލޯކްރާށެވެ.

މައުލޫމާތެއް ހޯދަން ބޭނުން ނަމަ 7728019 އަށް ގުޅާށެވެ.