Advertisement

މަހިބަދޫ އާބަން ސެންޓަރުގެ ބައެއްގެ ގޮތުގައި މާފަރުފަޅު ހިއްކުން އެމްއޭސީއެލް އަށް، މަސައްކަތް ފަށައިފި

7 އޮކްޓޯބަރު 2025 - 19:32 2

އަހުމަދު އާއިދު

އަހުމަދު އާއިދު

މާފަރުފަޅު ހިއްކުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު އާއެކު ބައިވެރިވި ފަރާތްތައް އެ ފަޅުގެ ހިއްކި ސަރަހައްދުގައި ---- ފޮޓޯ: ރައީސް އޮފީސް


މަހިބަދޫ އާބަން ސެންޓަރުގެ ބައެއްގެ ގޮތުގައި މާފަރުފަޅު ހިއްކުން އެމްއޭސީއެލް އަށް، މަސައްކަތް ފަށައިފި

7 އޮކްޓޯބަރު 2025 - 19:32 2

އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން ނިންމާފައިވާ އދ. މަހިބަދޫ ގެ ބައެއްގެ ގޮތުގައި މިދިޔަ އަހަރު ނިންމި މާފަރުފަޅު ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.

ރައީސް މުހައްމަދު މުއިއްޒު އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މަހިބަދޫއަށް ވަޑައިގަތުމުގެ ކުރިން މާފަރުފަޅުން ހިއްކާފައިވާ ކުޑަ ސަރަހައްދަކަށް ވަޑައިގެންނެވި އެވެ.

އަދި، އެ ފަޅު ހިއްކުމުގެ މަސައްކަތް އެއާޕޯޓު ހިންގާ ސަރުކާރުގެ ކުންފުނި އެމްއޭސީއެލް އާއި ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވެި އެވެ. އެމްއޭސީއެލް އިން އެ ފަޅު ހިއްކަން ފެށީ ވެސް އެ ރަސްމިއްޔާތުގެ ތެރެއިންނެވެ.

އެ ފަޅުން ހިއްކަނީ ކިތަށް ހެކްޓަރުކަމެއް އަދި މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން ހަރަދުވާނެ މިންވަރެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މާފަރުފަޅަކީ މަހިބަދޫގެ ބައެއްގެ ގޮތުގައި މި ސަރުކާރުން ކަނޑައެޅީ އެޕްރީލް 17، 2024 ގަ އެވެ. މަހިބަދޫއާއި ގާތްގަނޑަކަށް 1.40 ކިލޯމީޓަރު ދުރުގައި އޮންނަ މާފަރުފަޅުގެ ބޮޑުމިނަކީ 348 ހެކްޓަރެވެ.

އާބަން ސެންޓަރުތައް ތަރައްގީ ކުރުމަކީ މުއިއްޒު ގެންގުޅުއްވާ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ކުރާ މަސައްކަތެކެވެ.

މުއިއްޒުގެ މެނިފެސްޓޯގައިވާ ގޮތުން ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅު ހިމެނޭ އުތުރުގެ ތަރައްގީގެ ޒޯނުގައި، މައި ހަބަކީ ހދ. ކުޅުދުއްފުއްޓެވެ. އަދި ގއ. އަތޮޅާއި، ގދ. އަތޮޅާ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭ ދެކުނުގެ ތަރައްގީގެ ޒޯނުގައި، މައި ހަބަކީ އައްޑޫ ސިޓީ އެވެ.