Advertisement

މާދަމާގެ ހުތުބާ ހާއްސަ ކުރަނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި މުސްލިމުންގެ އައިބުތައް ފޮރުވުމުގެ މައްޗަށް

2 އޮކްޓޯބަރު 2025 - 18:52 3

އިސްލާމިކް މިނިސްޓަރު ޝަހީމް އަލީ ސައީދު: ހުކުރު ހުތުބާ ހާއްސަ ކުރީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ މައްޗަށް -- ފޮޓޯ: މަޖިލިސް


މާދަމާގެ ހުތުބާ ހާއްސަ ކުރަނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި މުސްލިމުންގެ އައިބުތައް ފޮރުވުމުގެ މައްޗަށް

2 އޮކްޓޯބަރު 2025 - 18:52 3

ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި މުސްލިމުންގެ އައިބުތައް ފޮރުވުމުގެ މައްޗަށް މާދަމާ މުޅި ރާއްޖޭގައި ކިޔާ ހުކުރު ހުތުބާގެ މައުލޫ އިސްލާމިކް މިނިސްޓްރީން ހާއްސަކޮށްފި އެވެ.

ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހިފެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، ހުކުރު ހުތުބާގައި ބުނެފައި ވަނީ ތެދު ދޮގު ބެލުމެއް ނެތި ވާހަކައެއް ފެތުރުމުން "އޭގެ ނަތީޖާ ހިތިވާނެ" ކަމަށެވެ.

"އިސްލާމްދީނުގައި ހިޔާލުތަކާއި ޝުއޫރުތައް ފާޅު ކުރުމުގެ މިނިވަންކަން ދެއްވާފައި ވަނީ މިކަންކަމަށް ރިއާޔަތްކޮށްގެން،" މާދަމާ ކިޔަން ހަމަޖެހިފައިވާ ހުތުބާގައި ބުނެފައިވެ އެވެ. "މީހަކު ދައްކާހައި ވާހަކައަކީ އަދި ފަތުރާހައި ހަބަރަކީ ތެދެއް ނޫން."

އޭގެ އިތުރުން ހުތުބާގައި ބުނެފައި ވަނީ މުސްލިމުން ދައްކަންޖެހޭ ވާހަކަ އާއި ނުދައްކަންޖެހޭ ވާހަކަ އިސްލާމް ދީނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ މުސްލިމުން ވާންޖެހޭނީ އެބައިމީހުންގެ އަހުންގެ އައިބުތައް ފޮރުވާ ބަޔެއް ކަމުގައި ކަމަށެވެ.

"[އިސްލާމް ދީނުގައި ވަނީ] ދައްކާންވީ ވާހަކަ އާއި ނުދައްކާންވީ ވާހަކަ އަންގަވައިފަ. މުސްލިމުން ވާންޖެހޭނީ އެބައިމީހުންގެ އައިބުތައް ފޮރުވާ ބަޔަކަށް. އެކަންކަން ހާމަ ކުރާ ބަޔަކަށް ނޫން،" ހުތުބާގައި ބުނެފައިވެ އެވެ.

ހުކުރު ހުތުބާގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ވާހަކަ ދެއްކިއިރު، ނޫސްވެރިކަމުގެ މިނިވަންކަން ނައްތައިލުމަށް ސަރުކާރުން ވަނީ ދާދިފަހުން ގާނޫނެއް ވުޖޫދުކޮށްފަ އެވެ. އެ ގާނޫނުގެ ދަށުން ނޫސްތަކަށް ބޮޑެތި ފިޔަވަޅު އެޅޭ ގޮތަށް އޮތް އިރު، ހަބަރެއްގެ ތެދު ދޮގު ކަނޑައަޅާނީ ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަކުންނެވެ.

ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ އެ ގާނޫނު ފުށުއަރާތީ ގާނޫނު އުވައިލުމަށް އދ. އިން ވަނީ ރާއްޖެއަށް ގޮވާލައިފަ އެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ނުހިފެހެއްޓުމަށް އެމެރިކާ އާއި އިނގިރޭސިވިލާތާއި ކެނެޑާއިން ވަނީ ދިވެހި ސަރުކާރަށް ގޮވާލައިފަ އެވެ.