Advertisement

ޗެމްޕިއަންސް ލީގު: ރެއާލް، ޗެލްސީ، ބަޔާން އަދި އިންޓަ މޮޅުވިއިރު ލިވަޕޫލް ބަލިވެއްޖެ

1 އޮކްޓޯބަރު 2025 - 08:10 0


ޗެމްޕިއަންސް ލީގު: ރެއާލް، ޗެލްސީ، ބަޔާން އަދި އިންޓަ މޮޅުވިއިރު ލިވަޕޫލް ބަލިވެއްޖެ

1 އޮކްޓޯބަރު 2025 - 08:10 0

ލަންޑަން (އޮކްޓޫބަރު 1) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ހަފްތާގައި ރޭ ކުޅުނު މެޗުތަކުން ރެއާލް މެޑްރިޑާއި ޗެލްސީ، ބަޔާން މިއުނިކް އަދި އިންޓަ މިލާން މޮޅުވިއިރު، ލިވަޕޫލް ބަލިވެއްޖެ އެވެ.

ރެއާލުން ރޭ ކަޒަކްސްތާންގެ ކައިރާތު އަލްމާޓީއާ ކުޅުނު މެޗުން ވަނީ 5-0 އިން މޮޅުވެފަ އެެވެ. ޗެލްސީން 1-0 އިން ބެންފީކާ ބަލިކުރިއިރު، ޕަފޯސް އެފްސީ އަތުން ބަޔާން މޮޅުވީ 5-1 އިންނެވެ. އިންޓަ އިން 3-0 އިން ސްލަވިއާ ޕްރާގުގެ މައްޗަށް ކުރިހޯދިއިރު، ލިވަޕޫލުން ގަލަތަަސަރާއި އަތުން ބަލިވީ 1-0 އިންނެވެ.

ގަލަތަސަރާއިން އިން ލިވަޕޫލް ކޮޅަށް ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީ އަކުން ވިކްޓަ އޮސީމެން އެވެ. ޖެހިޖެހިގެން ދެ މެޗުން ބަލިވި ލިވަޕޫލަށް ރޭގެ މެޗުގެ ފަހުކޮޅުގައި ފުރަތަމަ ޕެނަލްޓީއެއް ދޭން ނިންމި ނިންމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ނިންމީ ބަދަލުކުރާށެެވެ.

އަލްމާޓީ ކޮޅަށް ރެއާލުގެ ކީލިއަން އެމްބާޕޭ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ދިގު ދަތުރެއް ކޮށްފައި ކަޒަކްސްތާނަށް ގޮސް މެޗު ކުޅެން ޖެހުނު ރެއާލުގެ އަނެއް ދެ ލަނޑު ޖެހީ އެޑުއާޑޯ ކަމަވިންގާ އާއި ބްރަހިމް ޑިއާޒް އެވެ.

ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ބެންފީކާ އަތުން ޗެލްސީ މޮޅުވިއިިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލަކީ، ޗެލްސީގެ އަލެހަންދްރޯ ގާނާޗޯ ކުރި އެޓޭކެއްްގައި ބެންފީކާގެ ރިޗާޑް ރިއޯސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޗެލްސީން މި މެޗު ވެސް ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެ ޓީމުން އެންމެ ފަހުން ކުޅުނު މެޗުތަކަށް ބަލާއިރު، މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކީޕަރު، ރޮބާޓް ސަންޗޭޒަށް ރަތް ކާޑު ދެއްކިއިރު، ބްރައިޓަން މެޗުގައި ޓްރެވާ ޗަލޯބާ އަށް ރަތް ކާޑެއް ދެއްކި އެވެ. އަދި، ރޭގެ މެޗުގައި ޖާއޯ ޕެޑްރޯ އަށް އިތުރު ވަގުތުގައި ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދައްކައިފަ އެވެ.

ބަޔާނަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، ހެރީ ކޭން ދެ ގޯލުގެ އިތުރުން، ރަފައެލް ގަރޭރޯ، ނިކޮލަސް ޖެކްސަން އަދި މައިކަލް އޮލީސޭ އެވެ. ސައިޕްރަސްގެ ޕަފޯސް އަށް ހަމައެކަނި ލަނޑު ޖަހައިދިނީ، މިސްލާވް އޯރްސިޗް އެވެ. މިއީ، ޕަފޯސް އިން އެ ކްލަބްގެ ތާރީހުގައި ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަަ މެޗެވެ.

ސްލަވިއާ އަތުން މޮޅުވި މެޗުގައި، އިންޓަގެ ލަޓައުރޯ މާޓީނޭޒް ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ ޑެންޒެލް ޑަމްފްރީސް އެވެ. އެތުލެޓިކޯ މެޑްރިޑުން ވަނީ އަންޓުއާން ގްރީޒްމަން އެ ކްލަބަށް ޖަހައިދިން 200 ވަނަ ގޯލާ އެކު، އައިންޓްރަކްޓް ފްރޭންކްފާޓް އަތުން 5-1 އިން މޮޅުވެފަ އެވެ.