Advertisement

ފެނާއި ކަރަންޓު ކަނޑާތީ ޒުވާނުން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން މަޑަގަސްކަރައިގެ ސަރުކާރު އުވާލައިފި

30 ސެޕްޓެންބަރު 2025 - 12:21 0


ފެނާއި ކަރަންޓު ކަނޑާތީ ޒުވާނުން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން މަޑަގަސްކަރައިގެ ސަރުކާރު އުވާލައިފި

30 ސެޕްޓެންބަރު 2025 - 12:21 0

އެންޓަނަންއަރީވޯ، މަޑަގަސްކަރަ (ސެޕްޓެމްބަރު 29) - ފެނާއި ކަރަންޓު ކަނޑާތީ ޒުވާނުން ނުކުމެ ކުރަމުންދާ ބޮޑެތި މުޒާހަރަތަކާ ގުޅިގެން މަޑަގަސްކަރަގެ ސަރުކާރު އުވާލުމަށް އެ ގައުމުގެ ރައީސް އަންދްރޭ ރަޖޮއެލީނާ ނިންމަވައިފި އެވެ.

ކެންޔާ އާއި ނޭޕާލް އަދި ޕެރޫގައި ވެސް ޖެންޒީ ނުކުމެ ކުރި މުޒާހަރަތަކުން ހިތްވަރު ލިބިގަނެގެން މަޑަގަސްކަރައިގައި ވެސް މުޒާހަރާ ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެ މުޒާހަރާތަކުގައި މިހާތަނަށް 22 މީހުން މަރުވެ 100 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް އދ. އިން ބުނެ އެވެ.

އެ ގައުމުގެ ރަސްމީ ޓީވީން ބްރޯޑްކާސްޓްކުރި ހިތޯބެއްގައި ރައީސް އަންދްރޭ ވަނީ ސަރުކާރާ ހަވާލުކުރި ކަންކަން ފުރިހަމަނުކުރެވޭކަން ގަބޫލުކޮށް އެ ކަންކަމަށް މާފަށް އެދިވަޑައިގެންފަ އެވެ. ޒުވާނުންނާއެކު މަޝްވަރާއަށް ދިޔުމަށް ބޭނުންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މުޒަހަޒާތައް ރުޅާލުމަށް ފުލުހުން ގެންދަނީ ބާރުގެ ބޭނުން ކުރަމުންނެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި އޮންނަނީ ކާފިއު އިއުލާންކޮށްފަ އެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރު ވަނީ މުޒާހަރާތަކުގައި މީހުން މަރާފައިވަނީ އެ ގައުމުގެ ސަލާމަތީ ހިދުމަތްތަކުން ކަމަށް ބުނެފަ އެވެ. އަދި އޭގެ ފަހުން ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ގޭންގުތަކުން ވެސް މީހުން މަރާފައިވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.