Advertisement

ރެއާލް ބަލިވުމުގެ ފައިދާނަގައި ބާސެލޯނާ އެއް ވަނަ އަށް

28 ސެޕްޓެންބަރު 2025 - 23:55 0


ރެއާލް ބަލިވުމުގެ ފައިދާނަގައި ބާސެލޯނާ އެއް ވަނަ އަށް

28 ސެޕްޓެންބަރު 2025 - 23:55 0

މެޑްރިޑް (ސެޕްޓެމްބަރު 28) - ސްޕެނިޝް ލީގު ތާވަލުގެ ކުރީގައި އޮތް ރެއާލް މެޑްރިޑުން މި ހަފްތާގައި ކުޅުނު މެޗުން ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވުމުގެ ފައިދާނަގައި، ބާސެލޯނާ އިން ލީގުގެ އެއް ވަނަ މަގާމަށް ޖެހިލައިފި އެވެ.

ބާސެލޯނާ އިން ވަނީ މިރޭ ރަށުންބޭރުގައި ކުޅުނު މެޗުން ރެއާލް ސޮސިއެޑާޑް އަތުން 2-1 އިން މޮޅުވެފަ އެވެ. ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތީ ހަތް މެޗުން 19 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލަށް ވަނީ ހަތް މެޗުން 18 ޕޮއިންޓް ލިބިފަ އެވެ.

ސޮސިއެޑާޑް ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ބާސެލޯނާ އިން ރަނގަޅަށް ކުޅެމުން ދިޔަ ނަމަވެސް ފުރަތަމަ ގޯލު ޖަހައި ލީޑުނެގީ ސޮސިއެޑާޑުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ 31 ވަނަ މިނިޓްގައި އަލްވާރޯ އޮޑްރިއޮޒޯލާ އެވެ. މިއީ، ސޮސިއެޑާޑްގެ އަންޑެއާ ބެރެންޓެކްސެއާ ތަނަވަސްކޮށްދިން ފުރުސަތަކުން އޮޑްރިއޮޒޯލާ ޖެހި ގޯލެކެވެ.

ބާސެލޯނާ އިން އެއްވަރުކުރީ މެޗުގެ 44 ވަނަ މިނިޓްގަ އެވެ. މިއީ، މާކަސް ރެޝްފޯޑް ކޯނަރަކުން ނަގައިދިން ބޯޅައަކުން ޖޫލްސް ކޫންޑޭ ޖެހި ގޯލެކެެވެ. މިއީ، ރެޝްފޯޑް ތަނަވަސްކޮށްދިން ފުރުސަތުތަކުން ބާސެލޯނާ އިން ލީގުގައި ޖެހި ތިން ވަނަ ގޯލެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަަމަކުރަން ބާސެލޯނާ އިން ކުރި މަސައްކަތް ކާމިޔާބުކުރީ ގާތްގާތުގައި ގިނަ އެޓޭކްތަކެއް ކޮށްގެންނެވެ.

މެޗުގެ ނަތީޖާ އަނބުރާލައި، ބާސެލޯނާ މޮޅުކޮށްދިން ގޯލު ޖެހީ 58 ވަނަ މިނިޓްގައި ރޮބަޓް ލެވަންޑޯސްކީ އެވެ. މިއީ، ބަދަލަަކަށް ކުޅެން އަރައި، ބާސެލޯނާގެ ލަމީން ޔަމާލް ދިން ބޯޅައަކުން ލެވަންޑޯސްކީ ޖެހި ގޯލެކެވެ.

ސޮސިއެޑާޑަށް އެއްވަރުކޮށްދޭން މިކޭލް އޮޔާޒަބާލް އާއި އޮޑްރިއޮޒޯލާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުންހިފޭ ގޮތެއްނުވި އެވެ.