Advertisement

ހުލާސާކޮށް އިއްޔެ: ނިޔާޒީ ސުލޫކީ މިންގަނޑާ ހިލާފުވުމުގެ ތުހުމަތު

28 ސެޕްޓެންބަރު 2025 - 06:14 0

އޮޑިޓަ ޖެނެރަލް ނިޔާޒީ


ހުލާސާކޮށް އިއްޔެ: ނިޔާޒީ ސުލޫކީ މިންގަނޑާ ހިލާފުވުމުގެ ތުހުމަތު

28 ސެޕްޓެންބަރު 2025 - 06:14 0

އޮޑިޓަ ޖެނެރަލްގެ މަގާމުގެ ގަދަރަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް، އެއްވެސް ވަގުތެއްގައި ނުކުރުމަށް، ގާނޫނުގައި ހިމެނޭ ސުލޫކީ މިންގަނޑުގައި ހިމެނޭއިރު، އެ މިންގަނޑު އޮޑިޓަ ޖެނެރަލް ނިޔާޒީ ކައްސާލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އިއްޔެ ރިޕޯޓުކުރި އެވެ.

---

އޮޑިޓާ ޖެނެރަލަކީ ސްޕިން ޑޮކްޓަރެއް ނޫނެވެ. އޭނާއަކީ ކެމްޕޭން މެނޭޖަރެއް ފަދައިން މަސައްކަތް ކުރަންޖެހޭ މީހެއް ވެސް ނޫނެވެ. އޮޑިޓަ ޖެނެރަލަކީ ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ މުދަލާއި ފައިސާ އަށް ފާރަވެރިވެ، އެތަކެތި ބޭނުންކުރަނީ ރައްޔިތުން ލިޔެފައި ދިން ގޮތަށް، އެ ރައްޔިތުންގެ ފައިދާ އާއި މަންފާއަށްތޯ ބަލައި، އެއާ ހިލާފަށް ދާނަމަ ހުއްޓުވަން މަސައްކަތް ކުރުމުގެ ގާނޫނީ ބާރު ހުރި މީހެކެވެ.

އޭނާއަކީ އެއްވެސް ސަރުކާރަކަށް، އެއްވެސް ޕާޓީއަކަށް، އަދި އެއްވެސް ލީޑަރަކަށް "އީމާންވާންޖެހޭ" މީހެއް ނޫނެވެ. އިހުލާސްތެރިވާން ޖެހެނީ ރައްޔިތުންނަށެވެ. އެމްޑީޕީ ވިޔަސް، ޕީއެންސީ ވިޔަސް، ދައުލަތް ހިންގުމާ ހަވާލުވާ ކޮންމެ ބަޔަކު ވެސް ހިޔާނާތް ހިންގާނަމަ އެ ވާހަކައެއް އިސްވެ ހާމަކުރަން ޖެހެނީ ރައްޔިތުންގެ ހައްގުގަ އެވެ.

އޮޑިޓަ ޖެނެރަލްގެ މަގާމުގެ ގަދަރަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް، އެއްވެސް ވަގުތެއްގައި ނުކުރުމަށް، ގާނޫނުގައި ހިމެނޭ ސުލޫކީ މިންގަނޑުގައިވެ އެވެ. ދަންވަރު ނުނިދާ ހޭލާ ހުންނަވައިގެން ފެނަކަ ކޯޕަރޭޝަންގެ ރިޕޯޓު ނެރުމަކީ އޮޑިޓަ ޖެނެރަލްގެ މިބުނި މިންގަނޑު ކައްސައިލި އަމަލެކެވެ. ކުރިން ހިނގާފައި އޮތް ކަމެއްގެ މައްޗަށް، އޮފީހުގެ ރަސްމީ ވަގުތުން ބޭރުގައި، އެއީ ވެސް ހަފުތާ ބަންދެއްގެ ދަންވަރު ވަގުތެއްގައި ރިޕޯޓެއް ނެރެންޖެހޭ ފަދަ ޒަރޫރަތެއް ކުއްލިއަކަށް އުފަންވެފައި ނެތެވެ.

އޮޑިޓަ ޖެނެރަލް އޮފީހުގެ އެކްސް އެކައުންޓު ބެލިއިރު، އެ އޮފީހުން ހުކުރު ދުވަހެއްގައި ރިޕޯޓެއް އާންމުކުރިކަން ފާހަގައެއް ނުކުރެވެ އެވެ. ނަަމަވެސް ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓް އާންމުކުރީ ދަންވަރު އެވެ. އެ ޕޯސްޓު ޑިލީޓުކުރުމަށް ފަހު، ހުކުރު ދުވަހު މެންދުރު 1:53 ގައި އާ ޕޯސްޓެއް، އެކްސްގައި ކުރި އެވެ.

ދަންވަރު އެ ރިޕޯޓު ނެރުނުތާ ގިނައިރުތަކެއް ނުވެ، މުއިއްޒުގެ ޕްރޮޕަގަންޑާ ހިންގާ މައި ޗެނަލް، އެމްއެމްޓީވީން އެ ހަބަރުތައް ގެނެސްދޭން ފެށި އެވެ. ސަރުކާރު ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ފައިސާ ދެމުންދާ ނޫސްތަކުން ތިބީ ސަރުކާރު ބޭނުންވާ ނެރޭޓިވް ހިންގުމަށް ސުރުހީ އަޅައި ތައްޔާރުވެގެންނެވެ.

މުހިއްމު ބައެއް ހަބަރު