22 ސެޕްޓެންބަރު 2025 - 19:25 2
މިނިސްޓަ މަރިޔަމް މާރިޔާ، ބެލެންސް ސްޓޫޑިއޯ މިއަދު ހުޅުވައި ދެއްވަނީ. -- ފޮޓޯ: ބެލެންސް ސްޓޫޑިއޯ
22 ސެޕްޓެންބަރު 2025 - 19:25 2
އަންހެނުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށް "ބެލެންސް ސްޓޫޑިއޯ" ގެ ނަމުގައި އައު ވެލްނަސް އަދި ފިޓްނަސް ސްޓޫޑިއޯއެއް މާލޭގައި ހުޅުވައިފި އެވެ.
ބެލެންސް ޕްރޮޖެކްޓް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ މި ސްޓޫޑިއޯއަކީ އަންހެނުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ހާއްސަކުރެވިފައިވާ ވެލްނެސް ސްޕޭސްއެކެވެ. މި ސްޓޫޑިއޯ ހުންނާނީ ޗާންދަނީ މަގުގައި ހުންނަ އެމްއެފް ބިލްޑިންގެ ހަތަރުވަނަ ފަންގިފިލާގަ އެވެ.
އެ ސްޓޫޑިއޯގައި ޔޯގާ އަދި ޕިލާޓީސްއަށް ހާއްސަ ސެޝަންތައް ހިންގުމަށް ހަމަޖެހިފައި ވެ އެވެ. މި ސެޝަންތައް ފަރުމާކުރެވިފައިވަނީ ހުރިހާ އުމުރުފުރައެއްގެ އަދި ހުރިހާ ފިޓްނެސް ލެވެލްއެއްގެ އަންހެނުންނަށް އަމާޒުކޮށްގެންނެވެ. އަދި މާބަނޑު އަންހެނުންނަށް ހާއްސަކޮށްގެންވަކި ޕްރޮގްރާމްތަކެއް ހިންގާނެ އެވެ.
ބެލެންސް ސްޓޫޑިއޯ
އަދި، ކޮންމެ ކްލާހެއްވެސް ނަގައިދޭނީ ތަމްރީނު ލިބިފައިވާ ދާއިރާގެ ތަޖުރިބާކާރު ޕްރޮފެޝަނަލް އިންސްޓްރަކްޓަރުންނެވެ.
ބެލެންސް ސްޓޫޑިއޯގެ ކްލާސްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ މިހާރު ހުޅުވާލާފަ އެވެ. އިތުރު މައުލޫމާތު ބެލެންސް ސްޓޫޑިއޯގެ އިންސަޓަގްރަމް ޕޭޖުން ލިބޭނެ އެވެ.
Comment