Advertisement

ފުލުހުންގެ ތައްޔާރީ ހާލަތު ދެނެގަންނަށް އެކްސަސައިޒެއް މިއަދު ބާއްވަނީ

13 ސެޕްޓެންބަރު 2025 - 11:11 2

އަހުމަދު އާއިދު

އަހުމަދު އާއިދު

މުޒާހަރާއެއް ރޫޅާލަން ފުލުހުން ތައްޔާރުވަނީ: ފުލުހުންގެ ތައްޔާރީ ހާލަތު ދެނެގަންނަށް އެކްސަސައިޒެއް މިއަދު ބާއްވާކަން ވަނީ އިއުލާނުކޮށްފަ ---- ފޮޓޯ: އަދަދު


ފުލުހުންގެ ތައްޔާރީ ހާލަތު ދެނެގަންނަށް އެކްސަސައިޒެއް މިއަދު ބާއްވަނީ

13 ސެޕްޓެންބަރު 2025 - 11:11 2

ފުލުހުންގެ ތައްޔާރީ ހާލަތު ދެނެގަތުމަށް މިއަދު އެކްސަސައިޒެއް ބާއްވަން ނިންމައި އެކަން އިއުލާނު ކޮށްފި އެވެ.

އެ މުއައްސަސާގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއަދު މެންދުރު 1:00 އިން 6:00 އަށް ކުރިއަށް ގެންދާ މި އެކްސަސައިޒަކީ ފުލުހުންގެ "އޮޕަރޭޝަނަލް ރެޑިނެސް" ބެލުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

މިފަދަ ތަމްރީނެއް ފުލުހުން ކުރިއަށް ގެންދާ ކަމެއް މީގެ ކުރިން އެ މުއައްސަސާއިން ހާމަކޮށްފައެއް ނުވެ. އެވެ. އެއީ ކޮން ކަހަލަ ހާލަތަކަށް ތައްޔާރުވާން ކުރާ ކަމެއް ކަމެއް ވެސް ނުބުނެ އެވެ.

ފުލުހުންގެ ތައްޔާރީ ހާލަތު ވަޒަން ކުރުމުގެ މަސައްކަތް ކުރާއިރު މައި އިދިކޮޅު ޕާޓީ، އެމްޑީޕީން އަންނަ މަހު ތިނެއްގައި މާލޭގައި ބޮޑު އެއްވުމެއް ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.

މީގެ އިތުރުން، މިނިވަން ނޫސްވެރިކަން ނެތިކޮށްލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލާއި ދެކޮޅަށް ނޫސްވެރިންނާއި އާންމު ރައްޔިތުން ދަނީ އަޑުއުފުލަމުންނެވެ. މި ހަރަކާތްތަކުގެ ތެރެއިން ރައީސް އޮފީހާއި މުލީއާގެ އަދި މަޖިލިސް ދޮށުގައި ނޫސްވެރިން ކުރި މުޒާހަރާތަކަށް ފުލުހުން ވަނީ ހުރަސް އަޅާފަ އެވެ.

މަޖިލީހަށް ބިލު ބަލައިގަތް ދުވަހު ރައީސް އޮފީސް ދޮށަށް އެއްވި ނޫސްވެރިންނާއި ދެކޮޅަށް ބާރުގެ ބޭނުންކޮށް، ބައެއް ނޫސްވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ އެވެ.

ބިލާއި ދެކޮޅަށް ރޭވިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން "ހިޔާލާއި ފިކުރު ކަފުނަށް" ނަމުގައި މިރޭ 8:45 ގައި އާޓިފިޝަލް ބީޗުގައި ފޯރަމެއް ބާއްވަން ދަނީ ތައްޔާރު ވަމުންނެވެ.