Advertisement

އެއިޓީން ތާޓީ ކްލަސިކް: ސްޓެލްކޯ، އެމްއޭސީއެލް، ހެލްތު އަދި ޕްރިޒަން ސެމީ އަށް

11 ސެޕްޓެންބަރު 2025 - 07:34 0

ރޭގެ މެޗުގައި ސްޓެލްކޯގެ ވިޝާޔާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ފޮޓޯ މާސްޓާ / ކްލަބް މޯލްޑިވްސް


އެއިޓީން ތާޓީ ކްލަސިކް: ސްޓެލްކޯ، އެމްއޭސީއެލް، ހެލްތު އަދި ޕްރިޒަން ސެމީ އަށް

11 ސެޕްޓެންބަރު 2025 - 07:34 0

ކްލަބް މޯލްޑިވްސް އިން އަންހެން ފުޓްސަލް އަށް ހާއްސަކޮށް ބާއްވާ ދެ ވަނަ ފަންތީގެ މުބާރާތް، އެއިޓީން ތާޓީ ކްލަސިކްގެ ސެމީ ފައިނަލުން ސްޓެލްކޯ ރެކްރިއޭޝަން ކްލަބް، ޕްރިޒަން ކްލަބް، ހެލްތު ރެކްރިއޭޝަން ކްލަބް އަދި ޓީމު އެމްއޭސީއެލުން ޖާގަ ހޯދައިފި އެވެ.

ސްޓެލްކޯ ފިޔަވައި ދެން ކުޅުނު ތިން ޓީމުން ވެސް ސެމީ އަށް އައީ މެޗަކުން ބަލިނުވެ އެވެ.

ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުތަކަށް ބަލާއިރު، އެމްއޭސީއެލް އިން ވަނީ 10-0 އިން ޓީމު ބަދަހި ބަލިކޮށްފަ އެވެ. ސްޓެލްކޯ އިން 1-0 އިން އެސްޓީއޯ ރެކްރިއޭޝަން ކްލަބްގެ މައްޗަށް ކުރިހޯދިއިރު، ޕްރިޒަން އިން ހުޅުމާލެ ހޮސްޕިޓަލް ބަލިކުރީ 3-0 އިންނެވެ. އަދި، ހެލްތުން ވަނީ 4-1 އިން ކުޅިވަރު ވުޒާރާ ކްލަބް ބަލިކޮށްފަ އެވެ.

އެމްއޭސީއެލް އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، ހަތަރު ލަނޑު ޖެހިީ ޓީމުގެ ކެޕްޓަން، އާޒިނާ އަބްދުލް މަތީން އާއި މިލްނާ އިބްރާހިމް، ދެ ލަނޑު ޖެހި ފިރުޝާނާ ނަސީރު އެވެ. ސްޓެލްކޯ އިން އެސްޓީއޯ ބަލިކުރި މެޗުގައި ލަނޑު ޖެހީ، މަރިޔަމް ވިޝާޔާ ވިލްދާން އެެވެ.

ޕްރިޒަން އިން ހުޅުމާލެ ހޮސްޕިޓަލް ކޮޅަށް ލަނޑު ޖެހީ، އައިމިނަތު ފަޒްލާ، އައިޝަތު ޝަރުމާ އަދި ހާޖަރާ އަހުމަދު އެވެ. ހެލްތުގެ ސިންވާ އަބްދުލް ލަތީފް، ކުޅިވަރު ވުޒާރާ ކޮޅަށް ދެ ގޯލު ޖެހިއިރު، ހެލްތުގެ އަނެއް ލަނޑުތައް ޖެހީ، އައިޝަތު ސާމިޔާ އާއި ފަލާހާ ހުސެއިން ފުޅު އެވެ. ކުޅިވަރު ވުޒާރާގެ ހަމައެކަނި ލަނޑު ޖެހީ މުބާރާތުގައި އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޝާނިޔާ އަހުމަދު ނިޒާމް އެވެ.

މުބާާރާތުގެ ސެމީ ފައިނަލް މެޗުތައް އޮތީ ހޮނިހިރު ދުވަހުގެރޭގަ އެވެ. އެއް ސެމީގައި، ޕްރިޒަން އާއި ހެލްތު ކުޅޭއިރު، އަނެއް ސެމީގައި އެމްއޭސީއެލް އިން ސްޓެލްކޯއާ ބައްދަލުކުރާނެ އެވެ.

މީގެ އެއް އަހަރު ކުރިން، އެންމެ ފަހުން އެއިޓީން ތާޓީ ކްލަސިކް، ކްލަބް މޯލްޑިވްސް އިން ބޭއްވިއިރު، އެ ފަަހަރު އެމްއޭސީއެލް ބަލިކޮށް ތަށި ހޯދީ ކްލަބް ވެމްކޯ އެވެ.