Advertisement

ހިންމަފުށީގައި ހުންނަ ރިހެބު ސެންޓަރުގައި ފުލުހުން އޮޕަރޭޝަނެއް ހިންގަނީ

9 ސެޕްޓެންބަރު 2025 - 10:08 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ތެރެއިން ފުލުހަކު ހަރަކާތްތެރިވަނީ: ހިންމަފުށީގައި ހުންނަ ރިހެބު ސެންޓަރުގައި ފުލުހުން އޮޕަރޭޝަނެއް ދަނީ ހިންގަމުން ---- ފޮޓޯ: އަދަދު


ހިންމަފުށީގައި ހުންނަ ރިހެބު ސެންޓަރުގައި ފުލުހުން އޮޕަރޭޝަނެއް ހިންގަނީ

9 ސެޕްޓެންބަރު 2025 - 10:08 0

ކ. ހިންމަފުށީގައި ހުންނަ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ސެންޓަރުގައި ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ފަށައިފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ ރިހެބު ސެންޓަރުގައި ފުލުހުންގެ ޓީމަކުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

މިކަމާ ގުޅޭ މައުލޫމާތު ހޯދަން ފުލުހުންގެ މީޑިއާ ޓީމަށް ގުޅުމުން ވެސް ބުނީ މި ވަގުތު އިތުރު އެއްވެސް ތަފުސީލެއް ދެވެން ނެތް ކަމަށެވެ.

ރާއްޖޭގައި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުތައް ހުންނަނީ ހިންމަފުއްޓާއި ހުޅުމާލޭގަ އެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ހާއްސަ އޮޕަރޭޝަނެއް އެންޑީއޭ އާއި ފުލުހުން ގުޅިގެން އޮކްޓޯބަރު 22، 2024، ގައި ވަނީ ފަށާފަ އެވެ.

އެ އޮޕަރޭޝަނުގެ ދަށުން ކުށުގެ ވެށިން ހައްޔަރު ކުރާ މީހުންގެ ތެރެއިން މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާއި މަސްތުގެ ހާލަތުގައި ތިބެ ސަލާން ޖަހައި މާލޭގެ މަގުތަކާއި މިސްކިތްތަކުގައި ނިދާ މީހުން އަންނަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ޑްރަގް އޮފެންޑާސްގެ ރިމާންޑަށް ބަދަލު ކުރަމުންނެވެ.