Advertisement

ހުރިހާ ރަށެއްގައި ވެސް މިރޭ ކޭތަ ނަމާދު ކުރާނެ

7 ސެޕްޓެންބަރު 2025 - 11:30 0

އަރުޝަމް އަބްދުالله

އަރުޝަމް އަބްދުالله


ހުރިހާ ރަށެއްގައި ވެސް މިރޭ ކޭތަ ނަމާދު ކުރާނެ

7 ސެޕްޓެންބަރު 2025 - 11:30 0

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މިރޭ ކޭތަ ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ހުރިހާ ރަށެއްގާ, އެ ރަށެއްގާ ހުރި އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދު ކުުމަށް ހަމަޖެހިފާ ވަނީ މިރޭ 11:12 ގަ އެވެ.

"7 ސެޕްޓެމްބަރު ވާ އާދިއްތަ ދުވަހުގެ ރޭ 8:28 އިން 1:55 އަށް ހަނދުކޭތައެއް ހިފާނެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި މާދަމާރޭ 11:12 ގައި ކޭތަ ނަމާދުކުރާ ގޮތަށް ވަނީ ހަމަޖެހިފަ" މިނިސްޓްރީން ބުންޏެވެ.

މިރޭ ހިފާ ފުރިހަމަ ހަނދުކޭތަ އޭޝިއާ, އެފްރިކާ އަދި ޔޫރަޕްގެ ހުރިހާ ސަރަހައްކަށް ވެސް ފެންނާނެ އެވެ. މި ކޭތަ ހިފާ ވަގުތުގައި ހަނދު ފެންނަން ހުންނާނީ, ލޭ ކުލަ ފަދަ ގަދަ ރަތް ކުލަ އަކުންނެވެ. އެއީ ކޭތަ ހިފަމުންދާ ވަގުތު އިރާ, ހަނދާ, ދުނިޔެ ސީދަލަށް އެތުރި, އިރުގެ އަލިކަމުގެ ސަބަބުން ހަނދަށް ދުނިޔޭގެ ހިޔަނި އެޅުމުންނެވެ.

ދިވެހިރާއްޖެގެ ހުރިހާ ހިސާބަކަށް ވެސް މިރޭ ހިފާ ހަނދުކޭތަ ވަރަށް ފުރިހަމަކޮށް ފެންނާނެ އެވެ. ކޭތަ ހިފަން ފަށާނީ ދިވެހިރާއްޖެ ގަޑިން މިރޭ 8:28 ގަ އެވެ. އަދި ދިވެހިރާއްޖެ އަށް އެންމެ ފުރިހަމަކޮށް މި ހަނދުކޭތަ ފެންނާނީ މިރޭ 11:11 ގަ އެވެ. މިރޭގެ ހަނދުކޭތަ ފުރިހަމަ ވާނީ މެންދަމު 1:55 ގަ އެވެ.