Advertisement

ލޯނު ދައްކަން ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ހަރަދުކޮށްފި

4 ސެޕްޓެންބަރު 2025 - 11:19 0

އަމަން ހަލީމް

އަމަން ހަލީމް

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހުގައި ބަޖެޓު ހުށަހަޅުއްވަނީ: ދައްކަން ޖެހޭ ލޯނުތައް ދުރާލާ އެނގޭއިރު މި ދާއިރާއިން ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ހަރަދުކުރަން ޖެހުނު ސަބަބެއް ނޭނގޭ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ލޯނު ދައްކަން ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ހަރަދުކޮށްފި

4 ސެޕްޓެންބަރު 2025 - 11:19 0

ފިމި އަހަރުގެ ބަޖެޓުގައި ދައުލަތުން ނަގާފައިވާ ލޯނުތައް ދައްކަން ބަޖެޓު ކުރި 3.8 ބިލިއަން ރުފިޔާ ހުސްވެ، ދަރަނިތައް އަދާކުރަން އިތުރަށް ފައިސާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސުން އާންމުކޮށްފައިވާ އަހަރުގެ 32 ވަނަ ހަފުތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާ ގޮތުގައި އެ ހަފުތާގެ ނިޔަލަށް ލޯނުތައް ދައްކަން 3.9 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިއީ ބަޖެޓު ކުރި ވަރަށް ވުރެ 76 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އަހަރުގެ ބާކީ 20 ހަފުތާ އޮއްވާ ލޯނު ދައްކާ ބަޖެޓު ހުސްވީއިރު، މި އަހަރުގެ ފަހު ކުއާޓަރުގައި ވެސް ލޯނުތަކަށް ފައިސާ ދައްކަން ޖެހޭނެ އެވެ. މިއީ އަހަރުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ އަދަދުތައް އެނގިގެން ބަޖެޓު ކުރާ އަދަދެއް ކަމުން ލޯނުތައް ދައްކަން އިތުރަށް ހަރަދުކުރަން ޖެހުނީ ކީއްވެގެން ކަމަށް ނޭނގެ އެވެ.

ލޯނު ދައްކަން ބަޖެޓު ކުރި ވަރުގެ އިތުރުން، ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒު ނުވާތީ އިންވެސްޓުމަންޓުގެ ގޮތުގައި ކުންފުނިތަކަށް ހަރަދު ކުރި ފައިސާ އާއި ސަބްސިޑީ ދޭން ހަރަދު ކުރި ފައިސާ ވެސް ވަނީ ބަޖެޓަށް ވުރެ އިތުރަށް ހަރަދުކުރަން ޖެހިފަ އެވެ.

މި އަހަރު ލޯނުތަކާއި ލޯނުތަކުގެ އިންޓްރެސްޓު ދައްކަން ބަޖެޓުކުރީ، 9.4 ބިލިއަން ރުފިޔާ އެވެ. ލޯނު ދައްކަން ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ފައިސާ ހަރަދު ކުރި ނަމަވެސް ފައިނޭންސިން އަދި އިންޓްރެސްޓިންއަށް ބަޖެޓު ކުރި ފައިސާގެ ބޮޑު ބައެއް ހަރަދު ނުކުރާތީ، މި ބަޖެޓުން ބާކީ ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުއްޓެވެ.

މި އަހަރަށް ބަޖެޓު ކުރީ 10 ބިލިއަން ވަރަކަށް ރުފިޔާ ނަމަވެސް، ވާލްޑް ބޭންކުން އަންދާޒާ ކުރާ ގޮތުގައި މި އަހަރުގެ ތެރޭގައި ލޯނާއި އިންޓްރެސްޓު ދައްކަން 15 ބިލިއަނަށް ވުރެ ގިނަ ރުފިޔާ (އެއް ބިލިއަން ޑޮލަރު) ހަރަދު ވާނެ ކަމަށެވެ. މިއީ އިންޑިއާއިން ނަގާފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީއަށް ފައިސާ ދައްކަން ޖެހޭތި އަންނަ އިތުރުވުމެކެވެ.