Advertisement

ހުލާސާކޮށް އިއްޔެ: ސިނާނުގެ މާލީ ބަޔާނުގައި އޮޅުވާލުންތަކެއް

4 ސެޕްޓެންބަރު 2025 - 06:23 0

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ހުލާސާކޮށް އިއްޔެ: ސިނާނުގެ މާލީ ބަޔާނުގައި އޮޅުވާލުންތަކެއް

4 ސެޕްޓެންބަރު 2025 - 06:23 0

ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓުގައި މައްސަލައެއް ބަލަމުންދާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނުގެ މާލީ ބަޔާނުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން ހާމަވެއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މީގެ ދޮޅު އަހަރު ކުރިން ހޮވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް، މަޖިލިސް އިދާރާއިން ހާމަކުރަން ފެށީ މިއަދު އެވެ. އެ ބަޔާންތަކުގައި ވަނީ މެއި 28، 2024 އިން ފެށިގެން މެއި 27، 2025 އާއި ހަމައަށް މެންބަރުން އަތުގައި ހުރި ފައިސާ އާއި ދަރަނި އަދި މުދަލުގެ ތަފުސީލުތަކެވެ.

އެ މުއްދަތުގައި ސިނާން އަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ޖުމްލަ އާމްދަނީ އަކީ 1.6 މިލިއަން ރުފިޔާ އެވެ. އެއީ މުސާރައިގެ ގޮތުގައި ލިބުނު 906،773.69ރ. އަދި ވިޔަފާރި ނަފާގެ ގޮތުގައި ލިބުނު 675،000ރ. އެވެ. މާލީ ބަޔާން ދިން އިރު ސިނާނުގެ އެކައުންޓުތަކުގައި އެންމެ ހާހެއްހާ ރުފިޔާ ވެސް ނެތެވެ.

މާލީ ބަޔާނުގައިވާ ގޮތުން، މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މި އަހަރުގެ މެއި މަހުގެ ނިޔަލަށް ސިނާން ވަނީ އަމިއްލަ ނަމުގައި އޮތް ދެ ލޯނަކަށް ފައިސާ ދައްކާފަ އެވެ. އޭގެ ތެރެއިން އެސްޑީއެފްސީ އިން 2022 ގައި ނެގި މިލިއަން ރުފިޔާގެ ލޯނަށް އެ އަހަރުގެ ތެރޭ އޭނާ 53،631ރ. ދެއްކި އެވެ. އަދި، އިސްލާމިކް ބޭންކުން ދެއްކި ނަގާފައި އޮތް 5.5 މިލިއަން ރުފިޔާގެ ލޯނެއް ދައްކާ ހަލާސް ކުރި އެވެ.

އެހެންކަމުން ބަޔާނުގައި ހިމަނާފައިވާ އެއް އަހަރުގެ މުއްދަތުގައި ލޯނު ދެއްކުމަށް ސިނާން ވަނީ ޖުމްލަ 5.6 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އޭނާއަށް ލިބުނު 1.6 މިލިއަންގެ އާމްދަނީ އެކީހެން ބޭނުންކުރި ނަމަވެސް، ލޯނުތައް ދެއްކުމަށް އިތުރު ހަތަރު މިލިއަން ރުފިޔާ ބޭނުންވާނެ އެވެ. ސިނާން އެ ފައިސާ ހޯދި ގޮތެއް މާލީ ބަޔާނުގައި ހިމަނާފައެއް ނުވެ އެވެ.

ނަމާދު ވަގުތު

  • ފަތިސް 04:46
  • އިރުއަރާ 05:58
  • މެންދުރު 12:09
  • އަޞްރު 15:13
  • މަޣްރިބް 18:13
  • ޢިޝާ 19:24

މުހިއްމު ބައެއް ހަބަރު