3 ސެޕްޓެންބަރު 2025 - 06:45 0
3 ސެޕްޓެންބަރު 2025 - 06:45 0
އަމްސްޓެޑަމް، ނެދަލެންޑްސް (ސެޕްޓެމްބަރު 3) - ކުޅުންތެރިންގެ ޑިވެލޮޕްމަންޓާއި ރަނގަޅު މެޗުތަކެއް ކުޅެގެން ކުރިއަރަން ބޭނުންވާނަމަ އެންމެ ވަރުގަދަ ލީގަކީ އިނގިރޭސި ޕްރިމިއާ ލީގު ކަމަށް ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ކޫމަން، އިންގްލެންޑްގައި ކުޅެފައިނުވި ނަމަވެސް، ސައުތެމްޓަން އާއި އެވަޓަންގައި ކޯޗިންގެ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އަހަރުން އަހަރަށް ބަލާނަމަ، ނެދަލެންޑްސް ގައުމީ ޓީމުގެ ކުޅުންތެރިން ފާއިތުވި އަހަރުތަކުގައި އިނގިރޭސި ކްލަބްތަކަށް ބަދަލުވާ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ. އެ ގޮތުން، މި ފަހަރުގެ ޓްރާންސްފާގައި ނެދަލެންޑްސްގެ ޖަރެލް ހަޓޯ، ޗެލްސީ އަށް އައިއިރު، ޒަވީ ސިމޯންސް ވަނީ ޓޮޓެންހަމް ހޮޓްސްޕާސް އަށް ސޮއިކޮށްފަ އެވެ.
ބާސެލޯނާ އަށް ވެސް ކުރިން ކޯޗުކޮށްދިން ކޫމަން ބުނީ، ކުޅުންތެރިންގެ ޑިވެލޮޕްމަންޓްގެ ކަންކަން ކުރުމަށް ބަލާއިރު މި ވަގުތު އެންމެ ވަރުގަދަކޮށް ފެންނަނީ ޕްރިމިއާ ލީގު ކަމަށެވެ.
"އަހަންނަށް ކޯޗެއްގެ ގޮތުގައި ތަޖުރިބާ ކުރެވުނު ކަންކަަމަށް ބަލާއިރު ވެސް ޕްރިމިއާ ލީގުގެ ވަަރުގަދަކަން ވަޒަންކުރެވުުނު،" ކޫމަން ބުންޏެވެ.
ޔޫރަޕްގެ ވަރުގަދަ ފަސް ލީގަށް ބަލާއިރު ވެސް ޕްރިމިއާ ލީގުގައި ކުރަން ޖެހޭ މަސައްކަތް އިތުރުކަން ކޫމަން ފާހަގަކުރި އެވެ.
ކޫމަން، 2018 އިން 2020 އަށް ނެދަލެންޑްސް އަށް ކޯޗުކޮށްދިންއިރު، އެ ފަހަރު އެ ޓީމު ދޫކޮށްލީ ބާސެލޯނާ އަށް ދާށެެވެ. އަލުން ކޫމަން، ނެދަލެންޑްސްގެ ކޯޗުކަމާ ހަވާލުވެ އެ ޓީމުގެ ބެންޗަށް އައީ، 2023 ވަނަ އަހަރު ޖެނުއަރީ މަހުން ފެށިގެންނެވެ.
Comment