Advertisement

ބަނގުރާ ވިއްކާކަމުގެ ތުހުމަތުގައި ލަންކާއަށް ނިސްބަތްވާ ތިން މީހަކު ހައްޔަރުކޮށް ޑީޕޯޓް ކޮށްލަނީ

31 އޮގަސްޓު 2025 - 10:34 1

އަހުމަދު އާއިދު

އަހުމަދު އާއިދު


ބަނގުރާ ވިއްކާކަމުގެ ތުހުމަތުގައި ލަންކާއަށް ނިސްބަތްވާ ތިން މީހަކު ހައްޔަރުކޮށް ޑީޕޯޓް ކޮށްލަނީ

31 އޮގަސްޓު 2025 - 10:34 1

ބަނގުރާ ވިއްކުމުގެ ތުހުމަތުގައި ސްރީ ލަންކާއަށް ނިސްބަތްވާ ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ބަނގުރާ ވިއްކުމުގެ އިތުރުން އެ ތަކެތި ގެންގުޅެ، ބޭނުންކުރުމުގެ ތުހުމަތު ވެސް މި ތިން މީހުންނަށް ކުރެވޭ ކަމަށެވެ. އޮގަސްޓު 27، ގައި މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މި ތިން މީހުން ހައްޔަރުކުރީ ގެއަކާއި ސައިކަލެއް ބަލައިފާސްކުރުމަށްފަހު އެވެ.

ބަލައިފާސްކުރި ތަންތަނުން 19 ފުޅި ބަނގުރަލާއި 12 ދަޅު ބިޔަރު ވަނީ އަތުލައިގެންފަ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސެނިތު ހެޝަން ވިކްރަމަސިންހަ، 29، އާއި ދުލިތު މަޑުސާކާ، 39، އަދި ޖިނިތަ މަދުރަންގާ ސެނަވިރަތިން، 24، އެވެ. ފުލުހުން ބުނީ އެ ތިން މީހުން ވެސް މިހާރު ވަނީ ޑީޕޯޓް ކުރުމަށް އިމިގްރޭޝަނާއި ހަވާލުކޮށްފައި ކަމަށެވެ.

އެއީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި އެ މީހުން ޑީޕޯޓް ކުރި ނަމަވެސް މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.