Advertisement

ކަލިއަރީ އަތުން ޗެމްޕިއަން ނަޕޯލީ މޮޅުވީ ފަހު ވަގުތު

31 އޮގަސްޓު 2025 - 05:55 0


ކަލިއަރީ އަތުން ޗެމްޕިއަން ނަޕޯލީ މޮޅުވީ ފަހު ވަގުތު

31 އޮގަސްޓު 2025 - 05:55 0

ނޭޕްލްސް، އިޓަލީ (އޮގަސްޓް 31) - އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީން ރޭ ކުޅުނު މެޗުގައި ފަހު ވަގުތު ވައްދާލި ގޯލުން ނަޕޯލީ އަތުން 1-0 އިން މޮޅުވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ނަޕޯލީން ކުޅުނު މެޗުގެ ބޮޑުބައިގައި، ކަލިއަރީން ވަނީ ވަރަށް ރަނގަޅަށް ޑިފެންސްކޮށްގެން ކުޅެފަ އެވެ.

ނަޕޯލީން ކުރި އެޓޭކްތަކަށް މެޗުގެ ފަހު ސިކުންތާ ހަމައަށް ކަލިއަރީން ޖަވާބުދެމުން ދިޔަ ނަމަވެސް، މެޗުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ނަޕޯލީން ވަނީ ލަނޑު ޖަހައިފަ އެވެ. މި ލަނޑު ނަޕޯލީ ޓީމަށް ޖަހައިދިނީ، އަލެސަންދްރޯ ބޯމްޖިއޯނޯ ދިން ބޯޅައަކުން އަންދްރޭ ފްރާންކް، ޒަމްބޯ އަންގީސާ އެވެ.


މެޗުގެ ކުރީކޮޅުގައި ނަޕޯލީ އަށް ލަނޑެއް ޖަހައިދޭން ފުލްބެކް، ލެއޮނާޑޯ ސްޕިނަޒޯލާ ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. ކަލިއަރީ ގޯލު ބަލަހައްޓަމުން ދިޔަ ނަޕޯލީ އަށް ވެސް ކުރިން ކުޅުުނު ކީޕަރު، އެލިއާ ކަޕްރައިލް ވަނީ އެ ބޯޅަ ހުއްޓުވައިފަ އެވެ. އަދި، ފަހުން ނަޕޯލީގެ ސްކޮޓް މެކްޓޮމިނޭ ވެސް ރަނގަޅު ޝޮޓެއް ފޮނުވާލި އެވެ.

ނަޕޯލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ، މިއީ ހިތްވަރު އެލުވައިނުލައި ފަހު ވަގުތާ ހަމައަށް ޖެހެންދެން ކެތްތެރިކަމާއި އިތުބާރާ އެކު ކުރި މަސައްކަތުގެ ނަތިޖާ ކަމަށެވެ. އަދި މި މޮޅުގެ ފުރިހަމަ ކްރެޑިޓް ވަކި ކުޅުންތެރިންތަކަކަށް ނުދީ މިއީ ޓީމުގެ މަސައްކަތެއްގެ ގޮތުގައި ކޮންޓޭ ވަނީ ފާހަގަކޮށްފަ އެވެ.

ލީގުގައި ރޭ ޕީސާ އަތުން 1-0 އިން މޮޅުވެ، ރޯމާގެ ކޯޗު ޖިއަން ޕިއޭރޯ ގަސްޕެރީނީ ވަނީ އެ ޓިމާ ހަވާލުވެ، ލީގުގެ ފުރަތަމަ ދެ މެޗުން މޮޅުވެފަ އެވެ.