Advertisement

އިންޑިއާ މުބާރާތުން ރާއިއްޕެ އަށް ދެ ވަނަ

30 އޮގަސްޓު 2025 - 20:15 0


އިންޑިއާ މުބާރާތުން ރާއިއްޕެ އަށް ދެ ވަނަ

30 އޮގަސްޓު 2025 - 20:15 0

އިންޑިއާގެ ޓަމިލް ނާޑޫގައި ކުރިއަށްދިޔަ ކައިޓް ބޯޑިންގް އެންޑް ފޯމިއުލާ ކައިޓް ޗެމްޕިއަންޝިޕް 2025 ގެ ބިގް އެއާ ޑިވިޝަނުގެ ދެ ވަނަ ރާއްޖޭގެ ރާއިފް ޝަނީޒް (ރާއިއްޕެ) ހޯދައިފި އެވެ.

މި މަހުގެ 28 އިން 31 އަށް ކުރިއަށްދާ މި މުބާރާތުގެ ބިގް އެއާ ޑިވިޝަނުގައި ހަތަރު ގައުމަކުން އަށް ކައިޓް ރައިޑަރުން ބައިވެރިވި އެވެ. އޭގެ ތެރޭގައި އިންޑިއާ އަދި ސްރީ ލަންކާގެ މަޝްހޫރު ކައިޓް ރައިޑަރުން ބައިވެރިވި އެވެ.

މި މުބާރާތުގައި ބައިވެރިވި ރާއްޖޭގެ ހަމައެކަނި ކައިޓް ރައިޑަރަކީ ރާއިއްޕެ އެވެ.

މިއީ ބ. ގޮއިދޫ އަށް އުފަން ރާއިއްޕެ ބައިނަލްއަގްވާމީ މުބާރާތަކުން ހޯދި ފުރަތަމަ ކާމިޔާބީ އެވެ. މީގެ ކުރިން ރާއްޖޭގެ އެއްވަނަ ކައިޓް ރައިޑަރު ގޮއިދޫ، ހަސަން މާހިރު (ހަންޓޭ) ވަނީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކޮށް ކާމިޔާބީ ހޯދައިފަ އެވެ.

ހަންޓޭ ދިން ފުރުސަތެއްގައި ކަައިޓް ރައިޑް ކުރަން ފެށި ރާއިއްޕެ ވަނީ މި އަހަރު ކ. ދިއްފުށީގައި ބޭއްވި ރާރާ ޕްރޯ މުބާރާތުން ދެވަނަ ވެސް ހޯދައިފަ އެވެ. އެ މުބާރާތުގެ ބްރޭންޑް އެމްބަސަޑަރަކީ ވެސް ރާއިއްޕެ އެވެ. ރާރާ ޕްރޯގެ އެއްވަނަ ހޯދީ ހަންޓޭ އެވެ.