Advertisement

މަޝްހޫރު ސޮފްޓު ޑްރިންކް، 'ޑރ. ޕެޕާ' ރާއްޖެ އެތެރެކުރުން މަނާކޮށްފި

26 އޮގަސްޓު 2025 - 18:59 0

އަހުމަދު އާއިދު

އަހުމަދު އާއިދު


މަޝްހޫރު ސޮފްޓު ޑްރިންކް، 'ޑރ. ޕެޕާ' ރާއްޖެ އެތެރެކުރުން މަނާކޮށްފި

26 އޮގަސްޓު 2025 - 18:59 0

ދުނިޔޭގައި މަޝްހޫރު ސޮފްޓް ޑްރިންކެއް ކަމަށްވާ 'ޑރ. ޕެޕާ' ރާއްޖެ އެތެރެކުރުން މަނާކޮށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެކަން އިއުލާނުކޮށްފި އެވެ.

އެ އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެމެރިކާގައި އުފައްދާ މި ބުޔުން މަނާކުރަން ނިންމީ ހުންނަން ޖެހޭ ވަރަށްވުރެ ގިނައިން 'ބެންޒޮއިކް އެސިޑް' ހުރުމުން ކަމަށެވެ. ބެންޒޮއިކް އެސިޑަކީ ގިނަ ދުވަހު ރައްކާތެރިކަންމަތީ ބުއިންތައް ބެހެއްޓުމަށް ބޭނުންކުރާ މާއްދާ އެކެވެ.

މި ބުއިން ރާއްޖެއަށް އެތެރެވަމުންދާކަން ޔޫރަޕުގެ ކާބޯތަކެއްޗާއި ބެހޭ ރެޕިޑް އެލާޓް ސިސްޓަމުން އަންގާފައިވާތީ، މި ބްރޭންޑުގެ ބުއިން އެތެރެ ނުރުކުރަމަށާއި މިވަގުތު ބާޒާރުގައި ހުރި ތަކެތި ނައްތާލުމަށް އަންގާ ކަމަށް އެމްއެފްޑީއޭ އިން ބުނެފައިވެ އެވެ.

މުޅި ދުނިޔޭގައި ވެސް ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ޑރ. ޕެޕާ އަކީ 1880 އިން ފެށިގެން އެމެރިކާގައި އުފައްދަމުންދާ ބުއިމެކެވެ. އެ ބުއިން އުފައްދާ ކުންފުނިން މިދިޔަ އަހަރު އެކަނި ވެސް 15 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ކަމަށް މާލީ ރިޕޯޓުތައް ބުނެ އެވެ.