Advertisement

އައިޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން: އާރާގެ ޕެއާ އަށް ރަން މެޑަލް، ނަބާ ގަދަ ހަތަރެއްގައި

23 އޮގަސްޓު 2025 - 00:20 0


އައިޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން: އާރާގެ ޕެއާ އަށް ރަން މެޑަލް، ނަބާ ގަދަ ހަތަރެއްގައި

23 އޮގަސްޓު 2025 - 00:20 0

ރާއްޖޭގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) އިން ރުހުންދީފައިވާ ޓެނިސް މުބާރާތެއް ކަމަށްވާ މޯލްޑިވްސް ޖޫނިއާ އޯޕަންގެ އަންހެން ސިންގަލްސް ސެމީ ފައިނަލުން ނަބާ ނިޝާން ވާދަކޮށް ސިންގަލްސްގެ ގަދަ ހަތަރެއްގައި ހިމެނުނުއިރު، އަންހެން ޑަބަލްސް ކެޓަގަރީން އާރާ އާސަލް އާޒިމް އާއި ތައިލޭންޑްގެ ޓެރީޓާ ހޮން ޔޮންގެ ޕެއާ އިން ރަން މެޑަލް ހޯދައިފި އެވެ.

ޖުމްލަ 24 ގައުމެއްގެ ކުުޅުންތެރިން ވާދަކުރި މި މުބާރާތުގެ އަންހެން ސިންގަލްސްގައި، 32 ކުޅުންތެރިން ވާދަކުރި އެވެ، ނަބާ މި ވަނީ ސެމީގެ ވާދަކޮށް ގަދަ ހަތަރެއްގައި ހިމެނިފަ އެވެ.

ސެމީގައި، ދެކުނު ކޮރެއާގެ ސިއުންޔަންއާ ދެކޮޅަށް ހަތަރު ގަޑިއިރަށް ވުރެން ދިގުދެމިގެންދިޔަ މެޗުން ނަބާ ބަލިވީ، 6-2، 6(4)-7(7) އަދި 7-5 އިންނެވެ.

އައިޓީއެފް މެޗުގެ ތެރެއިން އާރާ ބޯޅަ ފޮނުވާލަނީ.----


އަންހެން ޑަބަލްސް ކެޓަގަރީގެ ފައިނަލުން ރާއްޖޭގެ އާރާ އާއި ތައިލޭންޑްގެ ޓެރީޓާ ވާދަކުރީ ދެކުނު ކޮރެއާގެ ސެއުން އާއި ޗައިނާގެ ޔިޝާންގެ ޕެއާއާ އެވެ. ގަޑިއިރަކަށް ދިގުދެމިގެންދިޔަ މި މެޗުން، އާރާ އާއި ޓެރީޓާ މޮޅުވީ، 6-2، 6-1 އިންނެވެ.

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި، އޭޓީއެފްގެ ޖޫނިއާ ދެ މުބާރާތުގައި ވެސް ރާއްޖޭގެ ކުޅުންތެރިން ރަނގަޅު ކާމިޔާބެއް ހޯދި އެވެ. އެ ގޮތުން، އޭޓީއެފްގެ ޖޫނިއާ ދެ މުބާރާތުގެ ވެސް ސިންގަލްސް ޗެމްޕިއަންކަން ހޯދައި، ގައުމީ ޓެނިސް ޓީމުގެ ތަރި، އާރާ އާސާލް އާޒިމް ތާރީހުން ޖާގަ ހޯދި އެވެ.

މި ފަހަރުގެ އައިޓީއެފް މުބާރާތުގައި، ރާއްޖޭގެ ދާއޫދު ޝަހީބު އާއި މުހައްމަދު ނޫހު ނާޒިހުގެ ޕެއާ އިން ފިރިހެން ޑަބަލްސްގެ ސެމީ ފައިނަލުގައި ނުކުތީ ސްވިޑްޒަލޭންޑްގެ ޗާލީ ބާޒިލް އަދި ތައިލޭންޑްގެ ދަންތައި ތަކޮންގެ ޕެއާއާ ދެކޮޅަށެވެ. ޗާލީ އާއި ދަންތައިގެ ޕެއާ އިން މޮޅުވީ، 7-6، 6-3 އިންނެވެ.