Advertisement

ހަމަނުޖެހުން ހިންގަން ހިތްވަރުދިން ކަމަށް ބުނެ ހައްޔަރުކުރި އާނިމް ކޯޓުން ދޫކޮށްލައިފި

21 އޮގަސްޓު 2025 - 19:58 0

އަހުމަދު އާއިދު

އަހުމަދު އާއިދު


ހަމަނުޖެހުން ހިންގަން ހިތްވަރުދިން ކަމަށް ބުނެ ހައްޔަރުކުރި އާނިމް ކޯޓުން ދޫކޮށްލައިފި

21 އޮގަސްޓު 2025 - 19:58 0

ހަމަނުޖެހުން ހިންގަން ހިތްވަރުދިން ކަމުގެ ތުހުމަތުގައި އައްޑޫ ސިޓީއިން ރޭ ފުލުހުން ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ރޭ ފުލުހުން ހައްޔަރުކުރީ ސ. ހިތަދޫ، އަތަމާވިލާ، އަލޯ އާނިމް މުފީދު، 29، އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ދޫކޮށްލަން ކޯޓުން ނިންމީ ބަންދާމެދު ގޮތެއް ނިންމުމަށް ގެންދިއުމުން ކަމަށެވެ.

އޭނާ ހައްޔަރުކުރީ މިނިވަން މީޑިއާ ނެތިކޮށްލަން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ގެ ނަމުގައި ހުށަހަޅާފައިވާ ބިލާ ގުޅިގެން އިހުތިޖާޖު ކުރާ ފަރާތްތަކަށް ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ.

"ކަމެއް ރަނގަޅު ކުރަން ބޭނުންނަމަ ޕެޓްރޯލް ފުޅިއެއް އުކާ. ތަންތަން ރޯކޮށް، މަގުތަކުގައި ދުއްވަން އުނދަގޫވާ ވަރަށް ވަރު ކޮށްލާ. އެ ހިސާބުން ޖެހޭނީ އަޑުއަހަން،" އާނިމް އެކްސްގައި ބުނެފައިވެ އެވެ.

އޭނާއަކީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ މީހެކެވެ. އެގޮތުން ރައީސް މުހައްމަދު މުއިއްޒު އާއި ވަކިވަކި ވަޒީރުން އަދި މަޖިލިސް މެންބަރުންނަށް ނިސްބަތްކޮށް އާނިމް ގިނަ އަދަދެއްގެ ޕޯސްޓުތައް ކުރެ އެވެ.