Advertisement

ސިވިލް ސާވިސް ކޮމިޝަނަށް އައްޔަންކުރަން މުއިއްޒު ފޮނުވި ނަންތަކުގެ ތެރޭގައި ހެލްތު މިނިސްޓަރު ނާޒިމްގެ އަނބިކަނބަލުން

18 އޮގަސްޓު 2025 - 11:46 1

އައިޔޫއެމްގެ ހަރަކާތެއްގައި ދީބާ ބައިވެރިވަނީ


ސިވިލް ސާވިސް ކޮމިޝަނަށް އައްޔަންކުރަން މުއިއްޒު ފޮނުވި ނަންތަކުގެ ތެރޭގައި ހެލްތު މިނިސްޓަރު ނާޒިމްގެ އަނބިކަނބަލުން

18 އޮގަސްޓު 2025 - 11:46 1

ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ ހެލްތު މިނިސްޓަރު ޑރ. އަބްދުالله ނާޒިމްގެ އަނބިކަނބަލުން ޑރ. ދީބާ މޫސާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ސީއެސްސީގެ ތިން މެންބަރެއްގެ ދައުރު ސެޕްޓެމްބަރު މަހަށް ހަމަވާތީ އެ މަގާމުތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ހަ ނަމެއް މުއިއްޒު ވަނީ މަޖިލީހަށް މިއަދު ފޮނުވާފަ އެވެ. އެ މަގާމުތަކަށް ކުރިމަތިލީ ކިތައް މީހުން ކަމެއް ނޭނގެ އެވެ.

މުއިއްޒު ފޮނުވި ނަންތައް

  1. މުހައްމަދު ނާސިހު، މ. ފަލްކަންގެ، މާލެ
  2. ޑރ. ހުސައިން ފާއިޒު، ދަފްތަރު ނަންބަރު 1325
  3. ޑރ. ދީބާ މޫސާ، މ. ވައިޓްބެލް، މާލެ
  4. ބަދުރިއްޔާ މުސާ، ދަފްތަރު ނަންބަރު ރސ. 2414
  5. ޑރ. ފާތިމަތު މުނާ، ވާދީއާގެ، ގއ. ވިލިނގިލި
  6. އައިމިނަތު އުއްމުކުލްސޫމް، މޫންލައިޓްހައުސް، ސ. މަރަދޫ

ތިންވަނައަށް އިސްކަން ދީފައި އޮތް ނަމަކީ މުއިއްޒުގެ ކެބިނެޓުގައި އިންނަވާ ހެލްތު މިނިސްޓަރު ނާޒިމްގެ އަނބިކަނބަލުންގެ ނަމެވެ. އޭނާއަކީ ތައުލީމި ދާއިރާއިން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. މީގެކުރިން ގިޔާސުއްދީން ސްކޫލާއި ވިލާ ކޮލެޖުގައި ވެސް މަސައްކަތް ކުރެއްވި އެވެ. މިހާރު ހުންނެވީ އިސްލާމިކް ޔުނިވާސިޓީގެ އެކަޑެމިކް ޑީންގެ މަގާމުގަ އެވެ.

ސީއެސްސީއަށް މެންބަރު އައްޔަން ކުރުމުގެ ކަންކަން ކުރިއަށްގެންދާނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނެވެ. މި މީހުންނާ އިންޓަވިއުކޮށް މާކްސް ދިނުމަށް ފަހު ތިން މަގާމަށް މީހުން އައްޔަންކުރާ މީހުން ކަނޑައަޅާނީ ތަޅުމުގައި ނަގާ ވޯޓުންނެވެ.