Advertisement

ހުލާސާކޮށް އިއްޔެ: އޭދަފުށީ ޓަވަރުތައް ހަވާލުކުރިތާ އަހަރެއް ވީއިރު ގާބުރިއެއް ވެސް ނުބޭއްވޭ!

13 އޮގަސްޓު 2025 - 06:56 0

އޭދަފުށީ ހައުސިން މަޝްރޫއުގައި ޗައިނާގެ ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާއެކު މިދިޔަ އަހަރުގެ މާޗު މަހު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: އިންފްރާސްޓްރަކްޗާ މިނިސްޓްރީ


ހުލާސާކޮށް އިއްޔެ: އޭދަފުށީ ޓަވަރުތައް ހަވާލުކުރިތާ އަހަރެއް ވީއިރު ގާބުރިއެއް ވެސް ނުބޭއްވޭ!

13 އޮގަސްޓު 2025 - 06:56 0

ބ. އޭދަފުށީގައި އަޅަން މިދިޔަ އަހަރު ޗައިނާ ކުންފުންޏަކާ ހަވާލުކުރި 1000 ހައުސިން ޔުނިޓުގެ އަމަލީ އެއްވެސް މަސައްކަތެއް އަދިވެސް ނުފަށާ ކަމަށް އެ ރަށު ކައުންސިލުން އިއްޔެ ބުންޏެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް، މުހައްމަދު ފާތިހު އަދަދު އަށް ވިދާޅުވީ ހައުސިން ޔުނިޓުތައް އެޅުމަށް ބޭނުންވާ ބިން އެ ރަށު ލޭންޑް ޔޫޒް ޕްލޭންގައި ހިމަނައި ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ.

"ރައީސް ވިދާޅުވީ މި އަހަރު ތެރޭގައި އަމަލީ މަސައްކަތް ފެށިގެން ދާނެ ވާހަކަ،" ފާތިހު ވިދާޅުވި އެވެ.

"ވަރަށް ބޮޑު ޕްރޮޖެކްޓެއް ވީމާ ވާނެ ގޮތަކީ ފެށްޓޭނީ ވެސް ހަމަ ވަގުތަކުން ނުފެށްޓޭނެތާ ދޯ؟ ރައީސްގެ ވައުދުފުޅާ އެއްގޮތަށް އެކަންކަން ކުރިއަށް އެބަދޭ އިރާދަކުރެއްވިއްޔާމުން."

އޭދަފުށީގައި 1000 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު މިދިޔަ ނޮވެމްބަރު 16، ގައި ސަރުކާރުން ހަވާލުކުރީ ޗައިނާގެ ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ އެވެ.

އެ މަޝްރޫއުގެ ދަށުން 15 ބުރީގެ 12 ޓަވަރު އިމާރާތް ކުރަން ނިންމާފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 336 ފުލެޓާއި ދެ ކޮޓަރީގެ 672 ފުލެޓެވެ.

އެ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބު ވިދާޅުވީ އޭދަފުށްޓަކީ އާބަން ސެންޓަރެއްގެ ގޮތުގައި ސަރުކާރުން ތަރައްގީ ކުރަން ނިންމާފައިވާ ރަށަކަށް ވާތީ އެ ހައުސިން ޔުނިޓުތައް އަޅައި ނިމުމުން އެ ރަށާއި އެ ސަރަހައްދުގެ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މީހުންނަށް އެ ތަންތަނުން ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ޕްރޮޖެކްޓު މިދެކެނީ ސަރުކާރުން ކަނޑައަޅާފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އެންމެ މުހިންމު، ފަށައިގަންނަން އެންމެ މުހިންމު ޕްރޮޖެކްޓަށް،" މުއްތަލިބު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ އޭދަފުށްޓަށް ވަޑައިގެން ވާހަކަދައްކަވަމުން ވިދާޅުވީ އޭދަފުށީގައި އަޅަން ނިންމާފައިވާ ހައުސިން ޔުނިޓުތަކުގެ އަމަލީ މަަސައްކަތް މި އަހަރު ތެރޭގައި ފަށައި މި ދައުރު ތެރޭގައި ނިންމަވާނެ ކަމަށެވެ.

"އަޅުގަނޑުމެން ސޮއިކޮށްފައި ވާނެ މި ރަށުގައި 1000 ހައުސިން ޔުނިޓުގެ މަޝްރޫއުއެއް، އެކަމަށްޓަކައި ހަމަ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ގޮސްފައިވޭ، އަޅުގަނޑު އިރާދަކުރެއްވިއްޔާ ތިޔަ ބޭފުޅުންނަށް މިރޭ ދޭން ބޭނުންވާ އެންމެ މުހިންމު މެސެޖަކީ އަދި ޔަގީންކަމަކީ މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭގައި ފަށައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސޮއިކުރި ގޮތަށް މި ދައުރު ތެރޭގައި ތިޔަ ބޭފުޅުންނަށް އަޅުގަނޑުމެން ފޯރުކޮށްދޭނަމޭ ނިންމާފައި،" މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމާ 1000 ހައުސިން ޔުނިޓުގެ މަޝްރޫއު އަޅުގަނޑުމެން މި އަހަރު ތެރޭގައި ފަށާނަން، ފަށާއިރުގައި އަޅުގަނޑުމެން އެކި ބައިބަޔަށް، ބެޗުބެޗަށް ނޫނިއްޔާ ފޭސްތަކަށް ބަހާލަން ވެސް ޖެހިދާނެ، އެހެންނަމަވެސް އެ 1000 ހައުސިން ޔުނިޓުގެ މަޝްރޫއު މި އަހަރު ތެރޭގައި އަޅުގަނޑުމެން ފަށާނަން."

އޭދަފުށީގައި ހައުސިންގެ ބިޔަ ޕްރޮޖެކްޓެއް ހިންގުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން އެ ރަށަށް ވަޑައިގެން ރައީސް ވިދާޅުވީ، އޭދަފުށި ވާނީ އެންމެ ގިނައިން ހައުސިން ޔުނިޓު އަޅުއްވައިދެއްވާނެ އެއް ރަށް ކަމުގަ އެވެ.

އަދަދު ސްކްރީން

ނަމާދު ވަގުތު

  • ފަތިސް 04:48
  • އިރުއަރާ 06:01
  • މެންދުރު 12:15
  • އަޞްރު 15:30
  • މަޣްރިބް 18:21
  • ޢިޝާ 19:34

މުހިއްމު ބައެއް ހަބަރު