Advertisement

އުމުރުން އެންމެ 17 އަހަރުގައި ފެށި މަސައްކަތުގައި މި ހުނަރުވެރި ޒުވާނާގެ ކާމިޔާބު ތަޖުރިބާ!

8 އޮގަސްޓު 2025 - 14:28 0

އަރުޝަމް އަބްދުالله

އަރުޝަމް އަބްދުالله

މަސް ކެނޑުމުގައި ހަރަކާތްތެރިވަމުން އަންނަ އަބްދުالله. އޭނާ ބުނީ މި މަސައްކަތުން ރަނގަޅު އާމްދަނީއެއް ވެސް ލިބޭ ކަމަށް --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


އުމުރުން އެންމެ 17 އަހަރުގައި ފެށި މަސައްކަތުގައި މި ހުނަރުވެރި ޒުވާނާގެ ކާމިޔާބު ތަޖުރިބާ!

8 އޮގަސްޓު 2025 - 14:28 0

ނ އަތޮޅު މާޅެންދޫ އަށް އުފަން, އުމުރުން 20 އަހަރުގެ އަބްދުالله މުހައްމަދު ރަޝީދު އަކީ, މި ފާއިތުވި 7 ވަރަކަށް އަހަރު ތެރޭގައި މާލޭގެ މަސް މާރުކޭޓުގައި މަސް ކެނޑުމުގެ ވަޒީފާ އަދާކުރުމަށް ނިކުތް އެންމެ ހަގު ޒުވާނާ އޭ ބުނުމުން ހަމަ ގައިމުވެސް އެއީ ދޮގަކަށް ނުވާނެ އެވެ.

އޭނާގެ ވަޒީފާއަކީ ޒުވާނުން މަދުން ފެންނަ ވަޒީފާއެކެވެ. މި ލިޔުމުގައި ކުރު ގޮތަކަށް މި ގެނެސްދެނީ މާރުކޭޓަށް ގޮސް އަބްދުالله އާ ވާހަކަ ދައްކައި އޭނާގެ ވަޒީފާއާ ގުޅޭ ގޮތުން ހިއްސާކުރި ބައެއް މައުލޫމާތުތަކެވެ.

އަބްދުالله އަދަދު އަށް މައުލޫމާތު ދިން ގޮތުގައި އޭނާ މަސް ކެނޑުމުގެ ވަޒީފާ އަށް ނިކުތީ އުމުރުން އެންމެ 17 އަހަރުގަ އެވެ. އަދި މިއީ އޭނާ މަސް ކެނޑުމުގެ ވަޒީފާ އަދާ ކުރާތާ 4 ވަނަ އަހަރެވެ.

އަބްދުالله ބުނި ގޮތުގައި މަސްވެރިކަމާއި, މަސް ކެނޑުމަކީ އޭނާ ކުޑައިރުން ފަށައިގެން ވެސް ވަރަށް ޝައުގުވެރިވާ ކަމެކެވެ. އަދި މާލޭގެ މަސް މާރުކޭޓުގައި މަސް ކެނޑުމުގެ ފުރުސަތު ލިބުމުން އެ ފުރުސަތުގެ ބޭނުން ހިފައި މިކަން އާމްދަނީ ހޯދުމަށް ފެށީ ކަމުގައި އޭނާ ބުންޏެވެ.

އަބްދުالله އަދަދު އަށް ދިން އިންޓަވިއު


މަސް ކެނޑުމަކީ ހަޑި ކަމެއް ނޫން ކަމަށާއި, މަސް ކަނޑައިގެން ލިބޭ ފައިސާ އަކީ ތާހިރު, ހަލާލު ފައިސާ ކަން ފާހަގަކޮށް އަބްދުالله ބުނީ ބައެއް ޒުވާނުން ކަމެއް ނެތި ހުސްކޮށް ތިބޭ ތިބުމުގެ ބަދަލުގައި މިކަމަށް ނިކުތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އަބްދުالله ބުނި ގޮތުގައި މިކަން ކޮށްގެން ރަނގަޅު އާމްދަނީ އެއް ލިބެ އެވެ.

އަބްދުاللهއަށް މިފަހުން ޓިކްޓޮކްގައި ވެސް ބޮޑު ސަމާލުކަމެއް ލިބިގެންދިޔަ އެވެ. އޭނާ ބުނި ގޮތުގައި މަސް ކަނޑާ ވީޑިއޯ ޕޯސްޓް ކުރުމަކީ ރަހުމަތްތެރިއެއް ދިން ވިސްނުމެކެވެ.އެކަން ކުރަން ފެށި އިރު, އެހާ ބައިވަރު މީހުންގެ ސަމާލުކަން އެ ވީޑިއޯ ތަކަށް ލިބޭނެ ކަމަށް އަބްދުالله ވެސް ހީނުކުރެ އެވެ.

"އެ އައިޑިއާ އަކީ އަސްލު ރައްޓެއްސަކު ފަރާތުން, ރައްޓެއްސަކު މިކަން ކޮށްލަން އުޅޭށޭ ބުނީމަ ފެށްޓީ. ދެން ފެށްޓީމަ އެކަން ރަނގަޅު ވީމަ އެކަން ކުރަމުން މިދަނީ" އޭނާ ބުންޏެވެ.

މަސް މާރުކޭޓުގައި މަސް ކެނޑުމުގައި އަބަދު ނުފެނު ކަމުގައި ވިޔަސް, އޭނާ ފެންނާނީ އަބަދުވެސް މަސްވެރިކަމުގެ ދާއިރާގެ ކޮންމެވެސް މަސައްކަތަކުން ކަމަށް އަބްދުالله ބުންޏެވެ.