Advertisement

ނަރުހުންނާއި ފޫޅުމައިންގެ ކައުންސިލަށް ފިރިހެން ވަކީލަކު ހޯދަން ކުރި އިއުލާން ބާތިލުކޮށްފި

6 އޮގަސްޓު 2025 - 14:11 0


ނަރުހުންނާއި ފޫޅުމައިންގެ ކައުންސިލަށް ފިރިހެން ވަކީލަކު ހޯދަން ކުރި އިއުލާން ބާތިލުކޮށްފި

6 އޮގަސްޓު 2025 - 14:11 0

ގާނޫނުއަސާސީ އާއި ވަޒީފާއާ ބެހޭ ގާނޫނުގައި ވަކި ޖިންސަކަށް ނިސްބަތްވާތީ ތަފާތު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައި ވަނިކޮށް މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލް (ނަރުހުންނާއި ފޫޅުމައިންގެ ކައުންސިލް) އަށް ވަކީލެއް ހޯދަން ކުރި އިއުލާނުގައި އެ މަގާމަށް ނަގާނީ ހަމައެކަނި ފިރިހެނެއް ކަމަށް ބަޔާންކޮށްފި އެވެ.

އެ ކައުންސިލް ވުޖޫދުކުރި ގާނޫނު ކަމަށްވާ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބުނަނީ ގާނޫނީ ވަކީލެއްގެ ޝަރުތަކަށް ވާން ޖެހޭނީ ރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމަށެވެ.

"މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެ މަޤާމަށް ޢައްޔަންކުރާނީ، ޝަރުތު ހަމަވާ ކެނޑިޑޭޓުންނާ އިންޓަރވިއުކޮށް، ތައުލީމާއި ތަޖުރިބާއާއި އިންޓަރވިއުގެ ޖުމްލަ އެންމެ މަތީ މާކުސް ލިބޭ ފަރާތްތަކުގެ ތެރެއިން ފިރިހެން ބޭފުޅެއް،" މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ބާތިލު ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

އެ ކައުންސިލްގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން އެނގޭ ގޮތުގައި ގާނޫނި ވަކީލެއްގެ މަގާމު ކައުންސިލުގައި ފުރުއްވަމުން ގެންދެވީ އަންހެން ބޭފުޅެކެވެ.

އެ ގާނޫނުގައި ބުނާ ގޮތުން އެ ގާނޫނުގެ ދަށުން އުފައްދާ ކޮންމެ ކައުންސިލެއްގައި ވެސް މަދުވެގެން އެއް އަންހެން މެންބަރާއި، އެއް ފިރިހެން މެންބަރު ހިމެނެން ޖެހެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ހަތަރު ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގައި ވަކި ޖިންސަކަށް ނިސްބަތްކޮށް ވަޒީފާ ދިނުމާއި، އުޖޫރު ކަނޑައެޅުމާއި، ވަޒީފާގެ ޝަރުތުތައް ކަނޑައެޅުމުގައި ތަފާތެއް ނުކުރެވޭނެ އެވެ.