5 އޮގަސްޓު 2025 - 10:47 0
5 އޮގަސްޓު 2025 - 10:47 0
ލައިޕްޒިގު، ޖަރުމަނު (އޮގަސްޓް 5) - ނިއުކާސަލް ޔުނައިޓެޑުން އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ ސްލޮވީނިއާގެ ފޯވާޑް، ބެންޖަމިން ސެސްކޯ ގަންނަން 90 މިލިއަން ޑޮލަރުގެ ބިޑެއް ކޮށްފައިވާއިރު، އެ ޑީލްގެ މަޝްވަރާތަކެއް މެންޗެސްޓާ ޔުނައިޓެޑުން ވެސް ކުރިއަށް އެބަގެންދެ އެވެ.
މިދިޔަ ސީޒަނުގެ ހުރިހާ މުބާރާތެއްގައި، 21 ގޯލު ޖެހި 22 އަހަރުގެ ސެސްކޯ އަކީ މި ފަހަރުގެ ޓްރާންސްފާގައި ޑިމާންޑް ބޮޑުކޮށް ފެންނަ ކުޅުންތެރިއެކެވެ. އެ ގޮތުން، އާސެނަލާއި ޔުނައިޓެޑުން ބޭނުންވާ ލިސްޓުގެ ކުރީގައި އޮތް ސެސްކޯ ގަންނަން ނިއުކާސަލް އިން މަސައްކަތް ފެށީ ފަހުންނެވެ. އެއީ، ނިއުކާސަލްގެ ސްވިޑެން ފޯވާޑް އަލެކްސަންޑަ އިސާކް ކްލަބް ދޫކޮށްލަން ނިންމާފައިވާއިރު، އެ ޓީމުން ގެންނަން ބެލި އައިންޓްރަކްޓް ފްރޭންކްފާޓްގެ ފޯވާޑް، ހޫގޯ އެކިޓީކޭ ލިވަޕޫލަށް ސޮއިކުރުމުންނެވެ.
ނިއުކާސަލް އިން ސެސްކޯ ގަންނަން ޖުމްލަ އެކު، 90 މިލިއަން ޑޮލަރު ހުށަހެޅިިއިރު، ލައިޕްޒިގުން މި އޮފާ ގަބޫލުކުރުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު، ސެސްކޯގެ ރުހުން ނުލިބި، ނިއުކާސަލަށް އަށް މި ޑީލް ނިންމެން ނެތެވެ.
ރިޕޯޓްތައް ބުނާގޮތުން، ސެސްކޯގެ ވިސްނުން ހުރީ ލައިޕްޒިގުގެ ޑިމާންޑްތައް ފުރިހަަމަކުރާ ޓީމަކާ އެކު، ކުރިއަށް ދިއުމަށް ތައްޔާރުވެގެންނެވެ.
ޔުނައިޓެޑުން އަންނަނީ ސެސްކޯގެ އޭޖެންޓާ މަޝްވަރާކޮށް، ކުޑަ އަގެއްގައި އެ ޓްރާންސްފާގެ ކަންކަން ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.
Comment