5 އޮގަސްޓު 2025 - 09:54 0
5 އޮގަސްޓު 2025 - 09:54 0
ނައިފަރު އޯޕަންގެ ނެޝަނަލް ކެޓަގަރީގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން، ޒަޔާން ޒަކީ ހޯދައިފި އެވެ.
ގައުމީ ޗެމްޕިއަންކަން ދެ ފަހަރެއްގެ މަތިން ހޯދާފައިވާ، ޒަޔާން ނައިފަރު އޯޕަން ކާމިޔާބުކޮށްފައިވަނީ، އޭނާއާ އެއް ކްލަބަށް ނިސްބަތްވާ ނިބާލް އަހުމަދު ބަލިކޮށްފަ އެވެ.
އެ ގޮތުން، އިއްޔެ ކުޅުނު ފައިނަލް މެޗުގައި، ޒަޔާން މޮޅުވީ ދެ ސެޓު އެއް ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު، 21-16 އިން ނިބާލް ގެންދިޔައިރު، ދެ ވަނަ ސެޓު ވާދަވެރި ކުޅުމަކަށް ފަހު، ޒަޔާން ގެންދިޔައީ 22-20 އިންނެވެ. އަދި، ނަތީޖާ ނެރެން ކުޅުނު ތިން ވަނަ ސެޓުން ޒަޔާން މޮޅުވީ 21-16 އިންނެވެ.
ނައިފަރު އޯޕަން މުބާރާތުގައި ވާދަކުރި ރިވައިވަލް ކުޅުންތެރިންނާއި އޮފިޝަލުން.
ސިންގަލްސްގެ ތިން ވަނައިގައި، ރިވައިވަލްގެ ހަސަން ޒަޔާން އޮތްއިރު، ހަތަރެއްގައި އޮތީ، އާދަމް މަހީން މުހައްމަދު އެވެ.
ނެޝަނަލް ބައިގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ދާދި ފަހުން މެލޭޝިއާ މުބާރާތަކުން ރަން މެޑަލް ހޯދި، ޒަޔާން އާއި ނިބާލްގެ ޕެއާ އިންނެވެ.
ފިރިހެން ޑަބަލްސް ފައިނަލުގައި، މުހައްމަދު ހަލަފް އިމްރާން އާއި ހަސަން ޒަޔާން މުހައްމަދުގެ ޕެއާ އަތުން ޒަޔާން އާއި ނިބާލްގެ ޕެއާ މޮޅުވީ 21-10، 21-12 އިންނެވެ،
Comment