Advertisement

އެމްއެމްއޭގެ މުވައްޒަފުން ތަނުގެ މިނިވަންކަން ހިފަހައްޓަން އަމީރު ގޮވާލައިފި

3 އޮގަސްޓު 2025 - 21:19 3

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު. -- ފޮޓޯ: އަދަދު


އެމްއެމްއޭގެ މުވައްޒަފުން ތަނުގެ މިނިވަންކަން ހިފަހައްޓަން އަމީރު ގޮވާލައިފި

3 އޮގަސްޓު 2025 - 21:19 3

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މިނިވަންކަމާއި ނަޒާހަތްތެރިކަން ހިފަހައްޓަން އެތަނުގެ މުވައްޒަފުން މަސައްކަތް ކުރަން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގޮވާލައްވައިފި އެވެ.

އެމްއެމްއޭގެ މުވައްޒަފުންނަށް އަމީރު އިލްތިމާސެއް ކުރެއްވީ، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ މައްޗަށް ތުހުމަތުކޮށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖަންސްގެ ޔުނިޓުން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފޮނުވާފައިވާ ސިއްރު ރިޕޯޓު ލީކުވެފައި ވަނިކޮށް، އެ ޔުނިޓުގެ އިސްކޮށް ހުރި މީހާ ކުއްލިއަކަށް އެހެން ޑިޕާޓްމަންޓަކަށް ބަދަލު ކުރުމުންނެވެ.

އެކަމާ ގުޅިގެން އަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހީކުރި ގޮތާއި ހިލާފަށް ގަވަރުނަރު އަހުމަދު މުނައްވަރު ވެގެން މިދަނީ ފަހުގެ ތާރީހެއްގައި އެމްއެމްއޭގެ މިނިވަންކަން ދޫކޮށްލައި، ސިޔާސީ ނުފޫޒަށް ބޯލަނބައި، މާލީ ސިޔާސަތަކީ ސަރުކާރުން، ރައީސް އޮފީހުން ހިންގާ އެއްޗަކަށް ހެދި ފުރަތަމަ ގަވަރުނަރަށް ކަމަށެވެ.

"މަރުކަޒީ ބޭންކްގެ މިނިވަންކަމާއި، ނަޒާހަތްތެރިކަން ހިފަހައްޓަން މަރުކަޒީ ބޭންކުގެ ހުރިހާ މުވައްޒަފުން މަސައްކަތް ކުރުމަށް ގޮވާލަން،" އަމީރު ވިދާޅުވި އެވެ.

އެފްއައިޔޫގެ ވެރިޔަކަށް ހުންނެވި އަބްދުالله އަޝްރަފްގެ ބަދަލުގައި އެ މަގާމަށް އިސްމާއީލް ސާޖިދު މިއަދު އައްޔަނުކުރީ ޝުޖާއުއަށް ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް އެފްއައިޔޫއިން އިން ތައްޔާރުކޮށްފައިވާ ރިޕޯޓު ލީކުވެފައި ވަނިކޮށް ކަމަށް ވިޔަސް، އެމްއެމްއޭއިން ބުނީ އަޝްރަފު މަގާމުން ވަކިކުރުމާއި ރިޕޯޓު ލީކުވުމާ ގުޅުމެއް ނެތް ކަމަށެވެ.

އެމްއެމްއޭއިން ތަހުގީގުކޮށްފައި ވަނީ ސުޖާއުގެ ކުންފުނިތަކަކާއި އެކައުންޓަށް ވަދެފައި ހުރި ގިނަ އަދަދެއްގެ ފައިސާގެ މައްސަލަ އެވެ. އެ މައްސަލަ ބެލުމަށްފަހު ފުލުސް އޮފީހަށް ވެސް ރިޕޯޓެއް ފޮނުވި އެވެ. އެއީ މީގެ އަހަރެއްހާ ދުވަސް ކުރި އެވެ.

ނޮވެމްބަރު 17، 2023 ގައި މުއިއްޒު ހުވާ ކުރުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގެ ހުރިހާ ކަމެއް ކުރިއަށްގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ ބެލުމުގެ ދަށުންނެވެ. މަޖިލީހުން އެ މަސައްކަތް 22.9 މިލިއަން ރުފިޔާއަށް ހަވާލުކުރީ ސިވެކްއާ އެވެ.

ސުޖާއުގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނީ އެމްއެމްއޭގެ ރިޕޯޓު ލީކުވުމުންނެވެ. އެެކަމަކު މައްސަލަ އޮތް ހިސާބެއް، ބަލަން ފެށި ތާރީހެއް އަދި އަޅާފައިވާ ފިޔަވަޅެއް ފުލުހުން ނުބުނެ އެވެ.