29 ޖުލައި 2025 - 07:58 0
29 ޖުލައި 2025 - 07:58 0
މި މަހު ފަހުކޮޅުގައި ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ކުރިއަށްދާ، ވޯލްޑް ޓީމު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ސީނިއާ މެންސް/ވިމެންސް ސައުތު އޭޝިއަން ރީޖަނަލް ކޮލިފިކޭޝަންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު އެ ގައުމަށް ގޮސްފި އެވެ.
ވޯލްޑް ޓީމު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ސައުތު އޭޝިއަން ރީޖަނަލް ކޮލިފިކޭޝަން ނޭޕާލުގައި ކުރިއަށްދާނީ މި މަހުގެ 30 އާއި 31 ވަނަ ދުވަހު އެވެ.
މި ކޮލިފިކޭޝަނަށް ތައްޔާރުވުމަށްޓަކައި، ގައުމީ ޓީޓީ ޓީމުން އީރާނުގެ ކޯޗު، މަހުދީ ހޯޝްމަރަމްއާ އެކު، ގިނަ ފަރިތަކުރުންތަކެެއް ކުރިއަށްގެންގޮސް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް ޓީޓީ އެެސޯސިއޭޝަނުން މައުލޫމާތު ދެ އެވެ.
ކޮލިފިކޭޝަނުގައި ވާދަކުރާ ރާއްޖޭގެ ސްކޮޑުގައި ހިމެނެނީ، އަރަމުން އަންނަ ޒުވާން ކުޅުންތެރިންގެ އިތުރުން ތަޖުރިބާހުރި ސީނިއާ ކުޅުންތެރިންނެވެ. އެ ގޮތުން ބަލާއިރު، ސްކޮޑުގައި ތިބީ، ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް، އައިޝަތު އަލްސާ ނާފިޒު، މުހައްމަދު ޝައްފާން އިސްމާއިލް، އަހުޔާރު އަހުމަދު ހާލިދު އަދި މުހައްމަދު ޒީސްތު ނަސީމް އެވެ.
ޓީމުގެ މެނޭޖަރަކީ، އަހުމަދު ޝާޒިލް އެވެ. އަދި، ކޮލިފިކޭޝަނަށް ރާއްޖޭން އަމްޕަޔަރަކު ފޮނުވަން ލިބުނު ފުރުސަތުގައި ޓީމާ އެކު ދިޔަ އަމްޕަޔަރަކީ، އަހުމަދު ސޮފްވަތު އެވެ.
ރާއްޖޭގެ އިތުރުން، އިންޑިއާ އާއި ނޭޕާލާއި ބަންގްލަދޭޝް އަދި ސްރީ ލަންކާ ވާދަކުރާ މި ކޮލިފިކޭޝަން ކާމިޔާބުކުރާ ޓީމަކަށް އަންނަ އަހަރުގެ ދުނިޔޭގެ ޓީމު މުބާރާތުން ފުރުސަތު ލިބޭނެ އެވެ.
Comment