Advertisement

މިވަގުތު ރާއްޖޭގައި ހުންނެވި ނަމާލް ރާޖަޕަކްސަ ހައްޔަރު ކުރުމުގެ އަމުރެއް ލަންކާ ކޯޓަކުން ނެރެފި

28 ޖުލައި 2025 - 16:46 2


މިވަގުތު ރާއްޖޭގައި ހުންނެވި ނަމާލް ރާޖަޕަކްސަ ހައްޔަރު ކުރުމުގެ އަމުރެއް ލަންކާ ކޯޓަކުން ނެރެފި

28 ޖުލައި 2025 - 16:46 2

މިވަގުތު ދިވެހިރާއްޖޭގައި ހުންނެވި ނަމާލް ރަޖަޕަކްސަ ހައްޔަރު ކުރުމުގެ އަމުރެއް ސްރީ ލަންކާގެ ހަމްބަންޓޯޓާ މެޖިސްޓްރޭޓް ކޯޓުން ނެރެފި އެވެ.

ގާތްގަނޑަކަށް 70 މިލިއަން ލަންކާ ރުޕީސްގެ ރިޝްވަތެއް ނެގިކަމުގެ ތުހުމަތު ކުރެވޭ ނަމާލް، 39، ހައްޔަރު ކުރުމުގެ އަމުރެއް ނެރުނީ އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް ކޯޓަށް ހާޒިރުވެވަޑައިނުގެންނެވުމުންނެވެ.

ލަންކާގެ ކުރީގެ ރައީސް މަހިންދަ ރަޖަޕަކްސަގެ ދަރިކަލުން ނަމާލް ރާއްޖެ ވަޑައިގެންނެވީ ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ އާއެކު މިއަދު އެއް ފްލައިޓެއްގަ އެވެ. ޑިސަނަޔަކެ ރާއްޖެ ވަޑައިގެންނެވީ ފުރަމާނަ ދަތުރެއްގަ އެވެ.

ނަމާލް ރާއްޖެ ވަޑައިގެންނެވީ އަމިއްލަ ދަތުރެއްގައި ކައިވެނީގެ ޕާޓީއަކަށް ހާޒިރުވާން ކަމަށް ސްރީ ލަންކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

ނަމާލްއަކީ ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ. އަދި މީގެ ކުރިން ޔޫތު މިނިސްޓަރުގެ މަގާމު ވެސް އޭނާ އަދާ ކުރެއްވި އެވެ.

ނަމާލްއަށް ތުހުމަތު ކުރެވެނީ ރިޝްވަތު ނެންގެވުމަށްފަހު އިންޑިއާގެ ކްރިޝް ރިއަލް އެސްޓޭޓް ނަމަކަށް ކިޔާ ކުންފުންޏަކަށް، ކޮޅުނބުގެ އެންމެ އަގުބޮޑު ސަރަހައްދުން ބިމެއް ހަމަޖައްސައިދިނުމެވެ. އެ ފައިސާ ދީފައި ވަނީ ލަންކާގައި ރަގުބީ ކުރިއަރުވަން ކަމަށް ބުނެ އެވެ. އެ ހާދިސާ ހިނގީ 2015 ވަނަ އަހަރެވެ.

ނަމާލްގެ މައްޗަށް އެ ދައުވާ އުފުލީ ޖެނުއަރީ، 2025، ގަ އެވެ. ދައުވާ އުފުލުމުން ނަމާލް ވިދާޅުވީ، އޭނާގެ މައްޗަށް އުފުލީ ސިޔާސީ ދައުވާއެއް ކަމަށެވެ. އަދި ބުނެފައި ވަނީ ސަރުކާރުން މަސައްކަތް ކުރަނީ ރަޖަޕަކްސަ އާއިލާގެ މެންބަރުން ހިފައި ހައްޔަރު ކުރަން ކަމަށެވެ.