Advertisement

މެލޭޝިޔާގައި ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާ، ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނީ

27 ޖުލައި 2025 - 16:23 1

އަރުޝަމް އަބްދުالله

އަރުޝަމް އަބްދުالله


މެލޭޝިޔާގައި ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާ، ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނީ

27 ޖުލައި 2025 - 16:23 1

މެލޭޝިޔާގެ ބޮޑު ވަޒީރު އަންވަރު އިބްރާހިމްގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ވެރިރަށް ކުއަލަަލަމްޕޫރުގައި ވަރުގަދަ މުޒާހަރާތަކެއް އިއްޔެ ފަށައިފި އެވެ.

މި މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އިރު, މުޒާހަރާގެ ބައިވެރިން ގެންދަނީ އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އިސްތިއުފާއަށް ގޮވަމުންނެވެ. މިއީ 2022 ވަނަ އަހަރު އަންވަރު އިބްރާހީމް މެލޭޝިޔާގެ ބޮޑު ވަޒީރު ކަމާ ހަވާލުވި ފަހުން އެ ގައުމުގެ ރައްޔިތުން ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރާ ފުރަތަމަ ފަހަރެވެ.

ޗެނަލް ނިއުސް އޭޝިއާގައި، މެލޭޝިއާ ފުލުހުންނާ ހަވާލާދީ، ރިޕޯޓް ކޮށްފައިވާ ގޮތުގައި މެލޭޝިޔާ ސަރުކާރާ އިދިކޮޅު ސިޔާސީ ޕާޓީން އިސް ނަގައިގެން ފެށި މި މުޒާހަރާގައި އެ ގައުމުގެ 18،000 އާއި 50،000 އާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވި އެވެ.

މުޒާހަރާގެ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަދަށްކަމުން މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު ވިދާޅުވީ، މެލޭޝިޔާގެ ރައްޔިތުން ހާލުގައި އުޅޭ މަންޒަރު ބަލަން މިހާރުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަރަށް ޝައުގުވެރިވެލައްވާ ކަމަށެވެ. އަދި އަންވަރުގެ ބޮޑު ވަޒީރުކަމުގައި ތިން އަހަރު ފުރިހަމަވެގެން ދާއިރު, މެލޭޝިޔާގެ ރައްޔިތުންނަށް ލިބުނީ ކޮން މޮޅެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

އިދިކޮޅުން މުޒާހަރާއަށް ތައްޔާރުވަމުން ދަނިކޮށް، ބޮޑުވަޒީރު އަންވަރު ވަނީ މި މަހުގެ 23 ގައި މެލޭޝިޔާގެ 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް 100 ރިންގިޓްގެ ފައިސާގެ އެހީ ދޭނެ ކަން އިއުލާންކުރައްވާފަ އެވެ. އަންވަރު ވިދާޅުވީ އެ ފައިސާ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުން ފެށިގެން ދޫކުރަމުން ގެންދާނެ ކަމަށެވެ.

ގިނަ ބަޔަކު މިކަން ސިފަކުރަމުން ގެންދަނީ އެއީ 26 ވަނަ ދުވަހުގެ މުޒާހަރާއަށް ރައްޔިތުން ނުނިކުމޭތޯ ސަރުކާރުން ކުރި ކަމެއްގެ ގޮތުގަ އެވެ.

މެލޭޝިއާގައި ގިނަ ބަޔަކަށް މައްސަލައަކަށް ވެގެން އުޅެނީ ތަކެތީގެ އަގު އުފުލި، ދިރިއުޅުމުގެ ހަރަދުތައް އިތުރުވުމެވެ.