26 ޖުލައި 2025 - 10:28 0
26 ޖުލައި 2025 - 10:28 0
ތ. ތިމަރަފުށީގައި މިހާރު ކުރިއަށްދާ އޮޑި ސްޓްރީޓް ސޮކާ މުބާރާތުގެ ފައިނަލުގައި، ގަލްފް ސްޕޯޓްސް ކްލަބާއި ކަންމަތި ސްޕޯޓްސް ކްލަބް ވަނީ ބައްދަލުކުރަން ޖެހިއްޖެ އެވެ.
ތިމަރަފުށީ މެޓް ފުޓްސަލް ދަނޑުގައި ރޭ ކުޅުނީ ސެމީ ފައިނަލް ދެ މެޗެވެ. އެ ގޮތުން ސެމީ ފައިނަލް ފުރަތަމަ މެޗުގައި، ފަޅުމަސް ސްޕޯޓްސް ކްލަބްގެ މައްޗަށް ގަލްފުން ކުރިހޯދީ 2-1 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ، ގަލްފަށް މޮޅު ކުޅުމެއް މި މުބާރާތުގައި ދައްކަމުން އަންނަ އައްޑޫ ސިޓީ އަށް ނިސްބަތްވާ ހާޒިމް ފައުޒީ (ހަތީ) އެވެ.
ދެ ވަނަ ސެމީ ފައިނަލުގައި، ދެކުނު ސްޕޯޓްސް ކްލަބް އަތުން ކަންމަތި މޮޅުވީ، 1-0 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ކަންމަތި ޓީމުގެ ޝާހިލް އެވެ.
ޖުމްލަ އެކު، 12 ޓީމަކާ އެކު ފެށި މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މިރެ އެވެ. ފައިނަލުގައި، ކަންމަތި އާއި ގަލްފް ބައްދަލުކުރާއިރު، މި ދެ ޓީމަކީ ވެސް މި ފަހަރުގެ މުބާރާތުގައި ވަރުގަދަ މެޗުތަކެއް ކާމިޔާބުކޮށްފައިވާ ދެ ޓީމެވެ.
އޮޑި ސްޓްރީޓްސް ސޮކާ މުބާޜާތަކީ، މި ގޮތަށް ތިމަރަފުށީގައި ކުރިއަށްގެންދާ މި ފަދަ ފުރަތަމަ މުބާރާތެވެ. މީގެ ކުރިން، އެ ރަށުގައި، އެކި ލެވަލްގައި ގިނަ މުބާރާތްތަކެއް ކުރިއަށްގެންގޮސްފައިވެ އެވެ.
ތިމަރަފުށި އަކީ ރާއްޖޭގައި ފުޓްސަލްގެ އެންމެ ކާމިޔާބު ރަށެވެ. އެ ރަށުން ވަނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް ތިން ފަހަރު ކާމިޔާބު ކޮށްފަ އެވެ. އެއާއެކު އެ ރަށް ވެގެން ގޮސްފައިވަނީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކުރުމުގެ ޝަރަފު އޮތް ރަށެވެ.
Comment