Advertisement

އިންޑިއާގެ ދެ ހެލިކޮޕްޓަރާއި މަތިންދާބޯޓު މިހާރު ދުއްވަނީ ސަރުކާރުން އެދިގެން އެއްބަސްވުން އާކުރުމަށްފަހު

25 ޖުލައި 2025 - 19:11 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު


އިންޑިއާގެ ދެ ހެލިކޮޕްޓަރާއި މަތިންދާބޯޓު މިހާރު ދުއްވަނީ ސަރުކާރުން އެދިގެން އެއްބަސްވުން އާކުރުމަށްފަހު

25 ޖުލައި 2025 - 19:11 1

އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި މަތިންދާބޯޓު މިހާރު ދުއްވަނީ މި ސަރުކާރުގެ އެދުމުގެ މަތިން، އެއްބަސްވުންތައް އާކޮށްގެން ކަމަށް އިންޑިއާ ސަރުކާރުން މިއަދު ބުނެފި އެވެ.

މާލޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރާމް މިސްރީ ވިދާޅުވީ

"އެ އުޅަނދުތައް ބޭނުން ކުރުމަށް ހަދާފައި އޮތް އެއްބަސްވުންތައް ވަނީ އާކޮށްފައި. އަދި އެ ތަކެތި ދަނީ ބޭނުން ކުރަމުން ދިވެހި ސަރުކާރުން އެދޭ ގޮތަކަށް،" ވިކްރާމް ވިދާޅުވި އެވެ.

މެއި، 2025، ގައި ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން، ހެކިލޮޕްޓަރާއި މަތިންދާބޯޓު ދުއްވަން ހަދާފައި އޮތް އެގްރިމެންޓުތައް އާ ކުރުމާ ބެހޭ ގޮތުން ސުވާލު ކުރުމުން ވަކި ޖަވާބެއް ނުދެއްވަ އެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާސަތާއި އިސްތިގުލާލު ހިމާޔަތް ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަން ދެެއްވާ ސިޔާސަތު، އެކަމަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ކުރެއްވުމުގެ ވިސްނުންފުޅެއް ސަރުކާރަކު ނުހުންނާނެ،" ގައްސާން ވިދާޅުވި އެވެ.

އިންޑިއާއިން ހަދިޔާ ކުރި ދެ ހެލިކޮޕްޓަރާއި މަތިންދާބޯޓު ބޭނުން ކުރުން ހުއްޓާލައިގެން ވަރަށް ގިނަ ދުވަހު މި ސަރުކާރުން ތިއްބެވެ. މެއި، 2024، ގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ދިވެހިން މެދުވެރިކޮށް ދިވެހިންނަށް ހިދުމަތް ދިނުން ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރުގައި ރައީސް މުއިއްޒުގެ ވިސްނުމަކީ ދިވެހިންގެ ގާބިލްކަން އިތުރުކުރުން. ދިވެހިންގެ ގާބިލްކަން އިތުރުކޮށްގެން އަޅުގަނޑުމެންގެ ރައްޔިތުންނަށް ދޭންޖެހޭ ހުރިހާ ހިދުމަތެއް އެއީ ސިފައިން މެދުވެރިކޮށް ދެވޭ ހިދުމަތެއް ވިޔަސް އަދި އެ ނޫން މުއައްސަސާއަކުން ދެވޭ ހިދުމަތެއް ވިޔަސް ހަމަ ދިވެހިންނަށް ހިދުމަތް ކުރާނީ ދިވެހިން، އެއީ ދިވެހި ވަންތަކަމަކީ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ޣައްސާން ވިދާޅުވީ، އިންޑިއާއިން ހަދިޔާ ކުރި އޭވިއޭޝަން ޕްލެޓްފޯމުތައް ދެން ބޭނުން ކުރާނީ ބޭނުން ކުރަންޖެހިއްޖެ ހާލަތެއްގައި ކަމަށެވެ.

"އަޅުގަނޑުމެން މި ޕްލެޓްފޯމްތައް ބޭނުން ކުރަން ގަސްދުކޮށްފައި އޮތީ އެ ހާލަތެއް މެދުވެރިވެއްޖެ ނަމަ. ހާލަތު މެދުވެރިވޭތޯ ދެން ހިންގަވާ ބަލަން ތިބެމާ،" އޭނާ ވިދާޅުވެފައިވެ އެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. ރާއްޖޭގައި ހަރަކާތްތެރިވި އިންޑިއާގެ 76 ސިފައިން މެއި، 2024، ގައި ރާއްޖެއިން ފޮނުވާލި އެވެ. އެކަމަކު އޭގެ ބަދަލުގައި ހަމަ އެ އަދަދަށް އިންޑިއާގެ ސިފައިންގެ ބެލުމުގެ ދަށުން ހިންގާ ކުންފުންޏެއްގެ މުވައްޒަފުން ވަނީ ގެނެސްފަ އެވެ.