Advertisement

އިންޑިއާ އައުޓް ކެމްޕެއިނާއެކު ވެސް ދެ ގައުމުގެ ގުޅުން ވީ ވަރުގަދަ: އިންޑިއާ

25 ޖުލައި 2025 - 19:17 0


އިންޑިއާ އައުޓް ކެމްޕެއިނާއެކު ވެސް ދެ ގައުމުގެ ގުޅުން ވީ ވަރުގަދަ: އިންޑިއާ

25 ޖުލައި 2025 - 19:17 0

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އިސްވެ ހުންނަވާ ހިންގެވި، އިންޑިއާ އައުޓް ކެމްޕެއިންއާއެކު ވެސް ދެ ގައުމުގެ ގުޅުން ވީ ވަރުގަދަ ކަމަށް އިންޑިއާގެ ފޮރިން ސެކެޓްރީ ވިކްރަމް އިސްރީ މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އެމްޑީޕީ ސަރުކާރުގައި އޭރު އިދިކޮޅުގައި ހަރަކާތްތެރިވަމުން މުއިއްޒު ވަނީ ވަރަށް ބޮޑަށް އިންޑިއާ އަށް ފާޑުވިދާޅުުވެ، ވާހަކަފުޅު ދައްކަވައިފަ އެވެ. އަދި މި ސަރުކާރު ވެރިކަމަށް އައި ފަހުން ވެސް މުއިއްޒު ވަނީ ނުސީދާ ގޮތެއްގައި އިންޑިއާ އަށް ބަހުގެ ހަމަލާތަކެއް ދީފަ އެވެ.

އެކަމަކު، މިއަދު އިންޑިއާގެ ފޮރިން ސެކެޓްރީ ވިކްރަމް ބޭއްވެވި، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، "އިންޑިއާ އައުޓް" ކެމްޕެއިނާއެކު ވެސް ދެ ގައުމުގެ ގުޅުން ވީ ވަރުގަދަ ކަމަށް ވިދާޅުވެފަ އެވެ.

"ކުރިން ވެދިޔަކަންކަން ބެލުމަށްވުރެ އަހަރުމެން ބަލާނީ ކުރިމަގަށް," ވިކްރަމް ވިދާޅުވި އެވެ.

މީގެ އިތުރުން ވިކްރަމް ވިދާޅުވީ، މީގެ ކުރިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މުއިއްޒު އިންޑިއާ އަށް ކުރެއްވި ޒިޔާރަތާއި، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިހާރު ރާއްޖެ އަށް ކުރައްވަމުން އަންނަ ޒިޔާރަތަކީ މި ދެ ގައުމުގެ ގުޅުން އޮތް މިންވަރު އަންގައިދޭ އަލިގަދަ ހެއްކެތް ކަަމަށެވެ.

"އިންޑިއާއާ ރާއްޖޭގެ ގުޅުމަކީ އެއަށްވުރެ ވަރުގަދަ ގުޅުމެއް. މިކަަހަލަ [އިންޑިއާ އައުޓް ކެމްޕެއިން ފަދަ] ކަންކަމުން މި ދެ ގައުމުގެ މެދުގައި އޮތް ގުޅުމަކަށް ބަދަލެއް ނާންނާނެ. އަދި އަހަރެން ގަބޫލު ކުރަނީ އަހަރެމެން އަށް އޮތީ އަލިގަދަ ކުރިމަގެއް ކަމުގައި،" ވިކްރަމް ވިދާޅުވި އެވެ.