Advertisement

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ ދައުރު ދަންމާލައިފި

23 ޖުލައި 2025 - 13:51 1

ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގް


ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ ދައުރު ދަންމާލައިފި

23 ޖުލައި 2025 - 13:51 1

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ އަމަލުތައް ތަހުގީގުކުރުމުގެ ބާރު އޮންނަ ޗިލްޑްރަންސް އޮމްޕަޑްސްޕާސަންގެ މަގާމުގައި ހުރި ނިއުމަތު ޝަފީގުގެ ދައުރު ދަންމާލައިފި އެވެ.

އޭނާގެ ދައުރު ހަމަވާތީ ރައްޔިތުންގެ މަޖިލީހަށް އޭނާގެ ދައުރު ދަންމާލުމަށް ހުށަހެޅުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މަޖިލީހުގައި އޭނާގެ ދައުރު ދަންމާލުމަށް 50 މެންބަރުން ވޯޓު ދެއްވި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފެއްދި މި މަގާމަށް އޭނާ އައްޔަނުކުރީ މިދިޔަ އެމްޑީޕީ ވެރިކަމުގައި 23 ޖުލައި، 2020 ގަ އެވެ. މިފަހަރު ވެސް އޭނާގެ ދައުރު އިތުރުކުރީ ފަސް އަހަރަށެވެ.

އޭނާ ވަނީ އިންޓަނޭޝަނަލް މާސްޓާސް އިން އާލީ ޗައިލްޑްހުޑް ހާސިލުކޮށްފަ އެވެ. ހަމަ އެ ދާއިރާއިން ބެޗެލާސް ޑިގްރީ އޭނާ ފުރިހަމަކުރެއްވީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލެންޑުންނެވެ.