Advertisement

ޔުނައިޓެޑުން ރޭހަށް ވަންނަން އުޅެނިކޮށް އާސެނަލުން ޔޯކެރޭޝްގެ ޑީލު ނިންމުމާ ގާތަށް

23 ޖުލައި 2025 - 07:34 0


ޔުނައިޓެޑުން ރޭހަށް ވަންނަން އުޅެނިކޮށް އާސެނަލުން ޔޯކެރޭޝްގެ ޑީލު ނިންމުމާ ގާތަށް

23 ޖުލައި 2025 - 07:34 0

ލިޒްބަން، ޕޯޗުގަލް (ޖުލައި 23) - މެންޗެސްޓާ ޔުނައިޓެޑުން ސްޕޯޓިން ލިޒްބަންގެ ސްވިޑެން ފޯވާޑް، ވިކްޓަ ޔޯކެރޭޝް ގަތުމުގެ ރޭހަށް އަލުން ވަންނަން މަސައްކަތް ފަށާފައިވަނިކޮށް، އާސެނަލުން، އޭނާގެ ޑީލް ނިންމުމާ ގާތަށް ޖެހިލައިފި އެވެ.

މީގެ ހަފްތާއެއް ކުރިން، އިނގިރޭސި ނޫސް، "ދި އެތުލެޓިކް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔޯކެރޭޝް، 27، ގަތުމަށް އާސެނަލުން އެއްބަސްވީ ޖުމްލަ 86 މިލިއަން ޑޮލަރަށެވެ. އޭގެތެރޭގައި ހިމެނެނީ، ފުރަތަމަ ދައްކާނެ 75 މިލިއަން ޑޮލަރުގެ ފީ އަކާއި، އާސެނަލްގައި ހުރެ އޭނާ ހާސިލްކުރާ ކަންކަމަށް ބަލައި ދޭން އެއްބަސްވާ 11 މިލިއަން ޑޮލަރެވެ.

މި އެއްބަސްވުން ފައިނަލްކޮށް، މިދިޔަ ހަފުތާގެ ތެރޭގައި އާސެނަލް އިން ޔޯކެރޭޝްގެ ސޮއި ހޯދިކަން ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް ވެސް ދި އެތުލެޓިކުން ބުނެފައިވެ އެވެ. އެކަމަކު، އާސެނަލުން 75 މިލިއަން ޑޮލަރު ދޭން ވިސްނާ ގޮތަކާ މެދު، ސްޕޯޓިންއާ އެކު، އެއްބަސްނުވެވިގެން އެ މަޝްވަރާތައް ދިގުލައިދިޔަ އެވެ.

އެ މުއްދަތުގެ ތެރޭގައި، ޔުނައިޓެޑުން ވަނީ، ޔޯކެރޭޝްގެ ޑީލުގެ ތެރެއަށް އަލުން ވަދެ، އޭނާ ހޯދަން މަސައްކަތް ފަށައިފަ އެވެ. އެކަމަކު، މިދިޔަ ސީޒަނުގައި 52 މެޗުގައި 54 ގޯލު ޖެހި، ޔޯކެރޭޝް ނިންމައިގެން ހުރީ އިތުރު އެއްވެސް ކްލަބެއްގެ އޮފާ އަށް ނުބަލައި، އާސެނަލަށް ސޮއިކުރުމަށެވެ.

ކުރިއަށް އޮތް ތިން ދުވަސް ތެރޭ ޔޯކެރޭޝްގެ ޑީލް ނިންމައި، އޭނާ އާސެނަލްގެ އޭޝިއާ ޓުއާގައި ބޭނުންކުރެވޭތޯ ވަނީ މަސައްކަތް ފަށައިފަ އެވެ. އާސެނަލްގެ އޭޝިއާ ޓުއާ މެޗުތައް ފަށަނީ، އާދިއްތަ ދުވަހު އެވެ.

ޔުނައިޓެޑުން މިހާރު ފާރަލަމުން އަންނަނީ، އާސެނަލުން ހޯދަން މަސައްކަތް ކުރި، އާރްބީ ލައިޕްޒިގަށް ކުޅޭ ސްލޮވީނިއާގެ ފޯވާޑް، ބެންޖަމިން ސެސްކޯ ހޯދުމަށެވެ.