Advertisement

ހުލާސާކޮށް އިއްޔެ: ޖަލު އަދަބު ހިމަނައި ބޭހާބެހޭ އާ ގަވާއިދެއް ހަދަނީ

17 ޖުލައި 2025 - 05:58 0

ހެލްތު މިނިސްޓަރު ނާޒިމް. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ޖަލު އަދަބު ހިމަނައި ބޭހާބެހޭ އާ ގަވާއިދެއް ހަދަނީ

17 ޖުލައި 2025 - 05:58 0

ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ހަދާ ބެހޭ ބެހޭ އާ ގަވާއިދާ ހިލާފުވާ ވިޔަފާރިވެރިން ޖަލަށްލެވޭނެ ފަދަ މާއްދާތަކެއް އެ ގަވާއިދު ހިމަނައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އެމްއެފްޑީއޭ އިން ޑްރާފްޓުކޮށްފައިވާ އާ ގަވާއިދުގައި ވިޔަފާރިވެރިން ޖަލަށްލެވޭނެ ތިން ގޮތެއް ވަނީ ހިމަނައިފަ އެވެ. އެއާއެކު ބޭހުގެ ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ އަދަދުތައް ވެސް އާ ގަވާއިދުގައި ހިމަނާފައިވެ އެވެ.

އާ ގަވާއިދުގައިވާ ގޮތުން ވިޔަފާރިވެރިއަކު ޖަލަށްލެވޭނީ، ރަޖިސްޓްރީނުކޮށް ތަކުރާރުތައް ބޭސް އެތެރެ ކުރުމާއި ވިއްކުމުގެ މައްސަލަތަކާއި ކްލިނިކް، ހޮސްޕިޓަލް އަދި ފާމަސީތައް އިންސްޕެކްޓު ކުރުމުގެ ހުއްދަ ތަކުރާރުކޮށް ނުދިނުމުގެ މައްސަލަތަކާއި މުއްދަތު ހަމަވެފައި ހުންނަ ބޭސް ނުވަތަ ހަލާކުވެފައި ހުންނަ ބޭސް ތަކުރާރުކޮށް ވިއްކުމުގެ މައްސަލަތަކުގަ އެވެ.

ޑްރާފްޓުކޮށް ނިންމައި ސްޓޭކްހޯލްޑަރުންގެ ކޮމެންޓަށް ފޮނުވާފައިވާ އެ ގަވާއިދުގައިވާ ގޮތުން އެ ތިން ކުށުގެ އަދަބެއްގެ ގޮތުގައި ޖަލަށްލެވޭނީ އެއް އަހަރު ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށެވެ.

ގަވާއިދާ ހިމަނާފައިވާ ޖޫރިމަނާތަކަށް ބަލާއިރު، ރަޖިސްޓްރީނުކޮށް ބޭހެއް އެެތެރެ ކުރާ ނަމަ ނުވަތަ ވިއްކާ ނަމަ 500،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ. ކްލިނިކް، ހޮސްޕިޓަލް އަދި ފާމަސީތައް އިންސްޕެކްޓު ކުރުމުގެ ހުއްދަ ނުދޭ ނަމަ އެ ގަވާއިދުގެ ދަށުން 50،000 ރުފިޔާއާ ހަމަށް ޖޫރިމަނާ ކުރެވޭނެ އެވެ.

ހަލާކުވެފައި ހުރި ބޭސް ނުވަތަ މުއްދަތު ހަމަވެފައި ހުރި ބޭސް ވިއްކާ ނަމަ 500،000 ރުފިޔާއާ ހަމަށް ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ބޭހާ ބެހޭ ގަވާއިދާ ތަކުރާރުކޮށް ހިލާފުވާ ނަމަ 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވިދާނެ އެވެ.

ބޭހާ ބެހޭ ގަވާއިދާ ހިލާފުވާ ވިޔަފާރިވެރިން ޖަލަށްލެވޭ ގޮތަށް މާއްދާތަކެއް އެ ގަވާއިދުގައި ހިމަނާފައިވީ ނަމަވެސް އެކަން ކުރާނެ ގޮތެއް ބަޔާންކޮށްފައެއް ނުވެ އެވެ. އަދި އެފަދަ ޖިނާއީ އަދަބެއް ގަވާއިދަކުން ކަނޑައެޅިދާނެތޯ ވެސް ސުވާލު އުފެދެ އެވެ.

ބޭހުގެ ވިޔަފާރި ކުރާ ފަރާތްތަކުން ގަވާއިދާ ހިލާފުވެއްޖެ ނަމަ ޖަލަށްލެވޭނެ އަދަބެއް ގަވާއިދުގައި ހިމަނާފައި މި ވަނީ، ބޭހުގެ ވިޔަފާރި ކުރާ ބައެއް ފަރާތްތަކަކީ "މެޑިކަލް މާފިއާ" އެއްގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ސިފަ ކުރައްވާފައި އޮއްވަ އެވެ.

"މެޑިކަލް މާފިއާއަށް ބޭސްތައް ކޮންޓްރޯލް ކުރުމުގެ ޗާންސެއް ނުދޭނަން. އަޅުގަނޑުމެން މި ދަނީ ހުރިހާ ބޭހެއް، އެއީ އެމްއެފްޑީއޭ އެޕްރޫވުޑް ލިސްޓުގައި ހުރި ހުރިހާ ބޭހެއް. އެސެންޝަލް ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް 15 މާޗާ ހަމައަށްދާއިރު ގެނެސް ހަމަކޮށް އެސްޓީއޯގެ ބޭސްފިހާރަތަކުން ހުރިހާ ބޭހެއް އެއްވެސް ކަންބޮޑުވުމެއް ނެތި ލިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" ފެބްރުއަރީ 24، 2025، ގައި ރައީސް ވިދާޅުވި އެވެ

މިއަދުގެ މޫސުން


- އެކި ހިސާބަށް ވިއްސާރަ ކުރާނެ އަދި ގުގުރުން އެކަށީގެންވޭ - ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލަށް ވައިޖެހޭނެ. އެހެން ހިސާބުތަކަށް 10 މޭލާއި 20 މޭލަށް ވައިޖެހޭނެ. ވިލާގަނޑުގައި 40 މޭލަށް ވައި ބާރުވާނެ. - ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ. މެދުރާއްޖެތެރެ އާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ. ވިލާގަނޑުގައި ހުރިހާ ހިސާބަކަށް ކަނޑުތައް ގަދަވާނެ. - ރާޅުގެ އުސްމިން ހުންނާނީ 2-6 ފޫޓާ ދެމެދު

ނަމާދު ވަގުތު

  • ފަތިސް 04:43
  • އިރުއަރާ 06:00
  • މެންދުރު 12:16
  • އަޞްރު 15:38
  • މަޣްރިބް 18:24
  • ޢިޝާ 19:41

މުހިއްމު ބައެއް ހަބަރު