Advertisement

އުމުރުން 92 އަހަރުގައި ކެމަރޫންގެ ރައީސް އަށް ވަނަ ދައުރަކަށް ވާދަކުރަނީ

14 ޖުލައި 2025 - 11:48 0


އުމުރުން 92 އަހަރުގައި ކެމަރޫންގެ ރައީސް އަށް ވަނަ ދައުރަކަށް ވާދަކުރަނީ

14 ޖުލައި 2025 - 11:48 0

ދުނިޔޭގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރަމުންދާ ރައީސްގެ ލަގަބު އޮތް އުމުރުން 92 އަހަރުގެ ކެމަރޫންގެ ރައީސް ޕައުލް ބިޔާ އަށް ވަނަ ރިޔާސީ ދައުރަކަށް ވާދަކުރަން ނިންމަވައިފި އެވެ.

އެމަނިކުފާނު އެ ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަތީ 1982 ވަނަ އަހަރު އެވެ. އަށް ވަނަ ދައުރު ކާމިޔާބު ކުރައްވައިފިނަމަ އެމަނިކުފާނުގެ އުމުރުން 100 އަހަރު ވާއިރު ވެސް ހުންނަވާނީ ވެރިކަމުގަ އެވެ.

ރައީސް ޕައުލްގެ ސިއްހަތާ މެދު އަބަދުވެސް ތަފާތު އެކި ވާހަކަ ދެކެވެ އެވެ. އެންމެފަހުން މިދިޔަ އަހަރުގެ ތެރޭ 42 ދުވަހަށް އެމަނިކުފާނު ގެއްލުނެވެ.

މިވަގުތު ކެމަރޫންގައި ވެރިކަން ކުރަމުންދާ ކޯލިޝަނުގައި ތިބި މުހިންމު ދެ ޕާޓީއަކުން ވަނީ އެ ކޯލިޝަނުން ވަކިވެފަ އެވެ.

ބިޔާގެ ވެރިކަމުގައި ކެމަރޫނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ. ނަމަވެސް އެމަނިކުފާނު ހުންނެވީ ވެރިކަން ދޫކޮށްލައްވާ ގޮތަކަށް ނޫނެވެ.