Advertisement

ފީފާ ކްލަބް ވޯލްޑް ކަޕްގެ ތާރީހީ ފައިނަލް މެޗު މީޑިއާނެޓުން ދައްކާނެ

13 ޖުލައި 2025 - 07:39 0


ފީފާ ކްލަބް ވޯލްޑް ކަޕްގެ ތާރީހީ ފައިނަލް މެޗު މީޑިއާނެޓުން ދައްކާނެ

13 ޖުލައި 2025 - 07:39 0

ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި ޕީއެސްޖީ އާއި ޗެލްސީ ބައްދަލުކުރާ ފޯރިގަދަ މެޗު މީޑިއާނެޓުގެ އައިސް ސްޕޯޓްސް ޗެނަލް މެދުވެރިކޮށް ދިވެހިންނަށް ލައިވްކޮށް ޓީވީ އަދި މީޑިއާނެޓުގެ ފޯނު އެޕްލިކޭޝަން އެމް އެސް ޑިޖިޓަލް މެދުވެރިކޮށް ބެލޭނެ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން، ޕީއެސްޖީން ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރަމުން އަންނައިރު، އެ ޓީމާ ދެކޮޅަށް މިރޭ ރާއްޖެ ގަޑިން 00:00 ގައި ކުޅޭ ފައިނަލުގައި ނުކުންނަ ޗެލްސީން ވަނީ، މި ފަހަރުގެ ޔޫރަޕްގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް ކޮންފަރެންސް ލީގު ކާމިޔާބުކޮށްފަ އެވެ. އައިސް އެކްސްޓްރާ އިން މި މެޗު ވަގުތުން ފެންނާނެ އެވެ.

ކުރިން ކުޅެމުން އައި އެކި، ބައްރުތަކުގެ ޗެމްޕިއަނުން ކުޅޭ ކޮންފެޑަރޭޝަން ކަޕްގެ ބަދަލުގައި، ފީފާ އިން މި އަހަރު މުޅިން އަލަށް (ހަތަރު އަހަރުން އެއް އަހަރު ކުޅޭ ގޮތަށް) ފެށި ކްލަބް ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު، ޗެލްސީން ފައިނަލާ ހަމައަށް ކުރި ދަތުރުގައި ގްރޫޕް ސްޓޭޖުގައި ފްލަމެންގޯ އަތުން ބަލިވި އެވެ. އަނެއްކޮޅުން، ޕީއެސްޖީން ވަނީ ބޮޓަފޯގޯ އަތްދަށުވެފަ އެވެ.

ކްލަބް ވޯލްޑް ކަޕްގެ ފޯމެޓަށް ބޮޑު ބަދަލެއް ގެނެސް ކުރިއަށްދާ މި ތާރީހީ މުބާރާތުގެ ހުރިހާ މެޗެއް މީޑިއާނެޓުން ވަނީ ލައިވްކޮށް ދައްކައިފަ އެވެ. އަދި މެޗުތަކުގެ ކުރިން ޕްރީ ޝޯ ވެސް ވަނީ ގެނެސްދީ، ސަޕޯޓަރުންނަށް ބޭނުންތެރި މައުލޫމާތު ފޯރުކޮށްދީފަ އެވެ.

ކްލަބް ވޯލްޑް ކަޕްގެ މެޗުތައް ރާއްޖެ ގަޑިއަށް ބަލާއިރު ކުޅެފައިވަނީ، އާންމުކޮށް ދިވެހިން މެޗު ބަލާ ވަގުތުތަކުގައި ނޫން ކަމުގައި ވިޔަސް، މީޑިއާނެޓުން ވަނީ، ފުޓްބޯޅަ ސަޕޯޓަރުންނަށް އެ ވަގުތުތަކުގައި ވެސް ފުރިހަމަ ކަވަރޭޖަކުން މެޗުތައް ވަގުތުން ދައްކައިދީފަ އެވެ.

ކްލަބް ވޯލްޑް ކަޕުގެ ފައިނަލް މެޗު ޓީވީ އިން ބަލަން ބޭނުން ނަމަ މީޑިއާ ނެޓުގެ ސްޕޯޓްސް އެޑް-އޮން ނުވަތަ ވެރައިޓީ އެޗްއައިޓީއެސް ނުވަތަ ވޯންޓްއިޓްއޯލް ޕެކޭޖަށް ސަބްސްކްރައިބްކޮށްލުމުން މެޗު ބެލޭނެ އެވެ. މީޑިއާ ނެޓުގެ ވެބްސައިޓަށް ޒިޔާރަތްކޮށްގެން ޕެކޭޖުތަކަށް ފަސޭހައިން ސަބްސްކްރައިބް ކުރެވޭނެ އެވެ.

ކްލަބް ވޯލްޑް ކަޕުގެ ފައިނަލް މެޗު މޯބައިލް ފޯނުން ބަލައިލަން ބޭނުންވާ ނަމަ އެމްޓީވީ ކޮމްބޯ ޕެކޭޖް އެންމެ 80 ރުފިޔާއަށް ބައްލަވައިގަތުމުން މެޗު ބެލޭނެ އެވެ. އާ ކަސްޓަމަރެއް ނަމަ މީޑިއާ ނެޓުގެ މޯބައިލް އެޕުގައި ރަޖިސްޓްރީކޮށްލުމުން 30 ދުވަހުގެ ފްރީ ސްޓްރީމިންއާއެކު ހިލޭ މެޗު ބެލޭނެ އެވެ. މި ލިންކުން ރެޖިސްޓްރީ ކުރެވޭނެ އެވެ.

މީޑިއާނެޓުގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ދިވެހިން ޝައުގުވެރިވާ އަދި ބޭނުންވާ މިފަދަ ފޯރިގަދަ މުބާރާތްތަކާއި އެހެނިން ކޮންޓެންޓުތައް ދިވެހިންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.