Advertisement

ހުޅުމާލޭ ގުދަންތަކެއްގައި ވަރަށް ބޮޑަށް ރޯވެ އަނދަނީ

10 ޖުލައި 2025 - 19:59 0


ހުޅުމާލޭ ގުދަންތަކެއްގައި ވަރަށް ބޮޑަށް ރޯވެ އަނދަނީ

10 ޖުލައި 2025 - 19:59 0

ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކުރިމަތީގައި ހުންނަ ގުދަނެއްގައި ވަރަށް ބޮޑަށް ރޯވެ އަނދަން ފަށައިފި އެވެ.

އެ ސަރަހައްދުގައި މިހާރު ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެކަމަކު މިހާތަނަށް ހުޅުގަނޑު ކޮންޓްރޯލެއް ނުވެ އެވެ. އެ ސަރަހައްދުގައި ހުރި އަދަދު ގެ ނޫސްވެރިޔަކު ބުނީ އަލިފާނުގެ ސަބަބުން ވަރަށް ބޮޑަށް ދުން އުފެދި، މުޅި ސަރަހައްދަށް އޭގެ އަސަރުކޮށްފައިވާ ކަމަށެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ރޯވެފައި ވަނީ އެންސިސްގެ ކޭނަރީގެ މަތީގައި ހަދާފައި ހުރި ގުދަނެއްގަ އެވެ. ރޯވި ވަގުތު އެތަނުގައި އެއްވެސް މީހަކު ނެތް ކަމަށް އެނގިފައިވެ އެވެ.

ރޯވި ސަރަހައްދު ކައިރީގައި ނުތިބެ ދުރަށް ދިއުމަށް ސިފައިން އަންނަނީ އިލްތިމާސް ކުރަމުންނެވެ. އަދި އެ ސަރަހައްދުގެ ފްލެޓުތަކާއި ގެތަކުގައި ދިރިއުޅޭ މީހުން ގޯތިގެދޮރުގެ ދޮރުތަކާއި ކުޑަދޮރުތައް ލެއްޕުމަށް ވެސް އިލްތިމާސް ކުރި އެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން ސަމާލުކަން ދެންވީ ކަންތައްތައް:

  • ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުނިކުތުން. (ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ)
  • ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުކުތުމުގެ ކުރިން އަނގައާއި ނޭފަތް ނިވާކުރުން.
  • ނޭވާލާ ނިޒާމް އަދި ހިތުގެ ބަލިތައް ހުންނަ ފަރާތަތްކަށް ދުނުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވުން އެކަށީގެންވޭ.
  • ގޭގެ ދޮރުތަކާއި ކުޑަދޮރުތައް، ދުން ނުވަންނާނެހެން ބަންދުކުރުން.
  • ނޭވާ ކުރުވުން / ނޭވާލާން އުނދަގޫވުން، ގަދަޔަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯއްދަވާ

އެންސިސްގެ ގުދަނުގައި ރޯވި އަލިފާނުގެ ހުޅުގަނޑު އެހެން ތަނެއްގައި ހިފިކަމެއް އަދި ނޭނގެ އެވެ. އަދި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް ވެސް އަދި ނޭނގެ އެވެ.