Advertisement

އީސްޕޯޓްސް ވޯލްޑް ކަޕް ފަށައިފި

9 ޖުލައި 2025 - 06:49 0


އީސްޕޯޓްސް ވޯލްޑް ކަޕް ފަށައިފި

9 ޖުލައި 2025 - 06:49 0

ދެ ވަނަ އީސްޕޯޓްސް ވޯލްޑް ކަޕް (އީޑަބްލިޔޫސީ) ސައުދީ އަރަބިއްޔާގެ ރިޔާދުގައި ފަށައިފި އެވެ.

ޖުލައި 7 އިން ފެށިގެން ކުރިއަށް އޮތް ހަތް ހަފުތާގައި ކުރިއަށްދާ މި މުބާރާތުގައި 2000 އަށް ވުރެ ގިނަ ކުޅުންތެރިންނާއި، 100 އަށް ވުރެ ގިނަ ގައުމުތަކުން 200 ޓީމު ބައިވެރިވެ އެވެ.

މުބާރާތުގައި 24 ގޭމެއް ހިމަނާފައި ވާއިރު، ލިބޭ އިނާމު 70 މިލިއަން ޑޮލަރަށް އަރަ އެވެ.

އީޑަބްލިޔޫސީ 2025 ގައި ފެނިގެންދާނެ ފާހަގަކޮށްލެވޭ ގޭމުތަކުގެ ތެރޭގައި ޑޯޓާ 2، ކޯލް އޮފް ޑިއުޓީ، ​​ލީގް އޮފް ލެޖެންޑްސް، ޗެސް، ކްރޮސްފައިއާ، ފެޓަލް ފިއުރީ، އަދި ވެލޮރެންޓް ހިމެނެ އެވެ.

މިއީ މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު އީސްޕޯޓްސް މުބާރާތެވެ. މި މުބާރާތުގެ ކްލަބު ކެޓަގަރީން ގަދަ 16 ކްލަބަށް 27 މިލިއަން ޑޮލަރު ހުށަހަޅާފައި ވާއިރު، މޮޅުވާ ކްލަބަކަށް ހަތް މިލިއަން ޑޮލަރު ލިބެ އެވެ. ވަކިވަކި ކުޅުންތެރިން ވާދަކުރާ ކެޓަގަރީގައި ޖުމުލަ އިނާމަށް 38 މިލިއަން ޑޮލަރު ހުށަހަޅާފައިވާ އިރު، އެންމެ މޮޅު ކުޅުންތެރިޔާ އަށް 450،000 ޑޮލަރު ލިބޭނެ އެވެ.

މި މުބާރާތް ނިމޭނީ އޯގަސްޓު 24 ގަ އެވެ.

އީސްޕޯޓްސްގެ ހަބެއްގެ ގޮތުގައި ސައުދީ އަރަބިއްޔާ ވުމަށް މަސައްކަތް ކުރަމުން އަންނައިރު، މިހާރު ކުރިޔަށްދާ އިވެންޓުގެ އެމްބެސެޑަރަކީ ދުނިޔޭގެ ފުޓްބޯޅަ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.