Advertisement

ޕަލްމެއިރާސްގެ ރިއޯސް އަށް ޔޫރަޕްގެ ކްލަބްތަކުގެ ޑިމާންޑް ބޮޑުވެއްޖެ

4 ޖުލައި 2025 - 14:59 0


ޕަލްމެއިރާސްގެ ރިއޯސް އަށް ޔޫރަޕްގެ ކްލަބްތަކުގެ ޑިމާންޑް ބޮޑުވެއްޖެ

4 ޖުލައި 2025 - 14:59 0

ޕެރިސް (ޖުލައި 4) - ބްރެޒިލްގެ ކްލަބް ޕަލްމެއިރާސް އަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު، ރިޗާޑް ރިއޯސް އަށް ޔޫރަޕްގެ ކްލަބްތަކުގެ ގިނަ އޮފާތަކެއް ލިބެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިހާރު އެމެރިކާގައި ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ޕަލްމެއިރާސް ގެންދިއުމުގައި، އުމުރުން 25 އަހަރުގެ ރިއޯސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ކްލަބް ވޯލްޑް ކަޕްގައި ރިއޯސްގެ ކުޅުން ބަލަން ޔޫރަޕްގެ ގިނަ ކްލަބްތަކެއްގެ ސްކައުޓުން ގޮސްފައިވާ ކަަމަށް ރިޕޯޓްތައް ބުނެ އެވެ.

ކްލަބް ވޯލްޑް ކަޕްގެ ކުއާޓާގައި ޕަލްމެއިރާސް ކުޅެން ހަމަޖެހިފައިވަނީ، ޗެލްސީއާ އެވެ.

ރިއޯސް އަށް ޝައުގުވެރިކަން ރަސްމީކޮށް މިހާތަނަށް ފާޅުކޮށްފައިވަނީ، އިޓަލީގެ އިންޓަ މިލާނުންނެވެ. ކްލަބް ވޯލްޑް ކަޕްގައި ވެސް ވާދަކުރި އިންޓަ އިން ރިއޯސް އަށް 30 މިލިއަން ޑޮލަރުގެ ބިޑެއް ކުރަން އަންނަނީ ތައްޔާރުވަމުންނެވެ.

އިންޓަގެ އިތުރުން ރިއޯސްގެ ސޮއިހޯދުމުގެ ރޭހުގައި، ބައިވެރިވާނެ ކަމަށް ބެލެވޭ ކްލަބްތަކުގައި ތެރޭގައި ހިމެނެނީ އެތުލެޓިކޯ މެޑްރިޑް، ޗެލްސީ، ޕީއެސްޖީ، އޭސީ މިލާން އަދި، ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް އެވެ. މީގެ ތެރެއިން، އަލް ހިލާލް އިން 50 މިލިއަން ޑޮލަރު ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ.