ބީއެމްއެލްގެ ސީއީއޯ ޝަރީފް، އެ ކުންފުނީގެ ހަފުލާއެއްގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: ބީއެމްއެލް
ދިވެހިންގެ ތެރޭގައި ވިޔަފާރިކުރަން މަގުބޫލު ބައެއް ސައިޓުތަކަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު 30 ޕަސެންޓުގެ ފީއެއް ނަގަން ފަށަން ނިންމާ އެކަން އިއުލާނުކުރި ދުވަހު ޖެހި އޯޑަރުތަކުން ވެސް އެ ފީ ނެގި މައްސަލަތަކެއް ފެންމަތިވެއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ބީއެމްއެލް އިން މި ފީ ނަގާނެކަން އިއުލާނުކުރީ ޖޫން 30، ގަ އެވެ. އެ އިއުލާނުގައި ބުނެފައިވަނީ ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ކުރާ ވިޔަފާރިތަކުން ފީ ނަގަން ފަށާނީ ޖުލައި 1، އިން ފެށިގެން ކަމަށެވެ.
ނަމަވެސް، މި ނޫހާ ވާހަކަ ދެއްކި އާންމުންގެ ބައެއް ފަރާތްތަކުން ބުނި ގޮތުގައި ޖޫން 30، ގެ ދުވާލު އަދި އެ ރޭ ޖެހި އޯޑަރުތަކުން 30 ޕަސެންޓު ވަނީ ނަގާފަ އެވެ. މީގެ ތެރޭގައި ފަހު ދުވަހު ޝެއިން އޯޑަރު ކުރި ރާއްޖޭގައި އޮންލައިން ވިޔަފާރި ކުރާ ބައެއް މީހުން ވެސް ހިމެނެ އެވެ.
މި ނޫހާ ވާހަކަ ދެއްކި އެކަކު ބުނި ގޮތުގައި އެރޭ ޖެހި އޯޑަރުތައް ބޭންކުން ޕެންޑިން ގައި ބެހެއްޓުމަށްފަހު ޕްރޮސެސްކުރީ 30 ޕަސެންޓު ފީ އާ އެކު އެވެ. މިކަމާ ގުޅިގެން ބައެއް މީހުންނަށް އެތައް ހާސް ރުފިޔާގެ ގެއްލުން ވަނީ ވެފަ އެވެ.
- އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރުމާއެކު ގުގުރުން އެކަށީގެންވޭ. މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ. - ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލަށް. - ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ. - ރާޅުގެ އުސްމިން ހުންނާނީ 1-3 ފޫޓަށް
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment