Advertisement

އިލެކްޝަންސް ކޮމިޝަނުން ޗައިނާ ސަފީރާ ބައްދަލުކޮށްފި

2 ޖުލައި 2025 - 13:27 2

އަހުމަދު އާއިދު

އަހުމަދު އާއިދު

އީސީގެ މެންބަރުން ޗައިނާގެ ސަފީރާއެކު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: އިލެކްޝަން ކޮމިޝަން


އިލެކްޝަންސް ކޮމިޝަނުން ޗައިނާ ސަފީރާ ބައްދަލުކޮށްފި

2 ޖުލައި 2025 - 13:27 2

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އާ ބައްދަލުކޮށްފި އެވެ.

އީސީ ގެ ރަސްމީ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި ބައްދަލުވުން ކުރިއަށް ގެންދިޔައީ މާލޭގައި ހުންނަ ޗައިނާ އެމްބަސީގައި މިއަދު ކަމަށެވެ. އީސީގެ މެންބަރުންނާއި އޮފިޝަލުންގެ ޓީމުގައި އިސްކޮށް ހުންނެވީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު އެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ އިންތިހާބުގެ މަސައްކަތްތަކުގައި އެކުގައި މަސައްކަތް ކުރުން އިތުރުކުރުމަށާއި، ކޮމިޝަނުގެ ގާބިލުކަން އިތުރުކުރުމަށާއި ޑިމޮކްރެޓިކް ހަމަތައް ކުރިއެރުވުމާ ގުޅޭގޮތުން ކަމަށް އީސީ އިން ބުނެ އެވެ. އިތުރު ތަފުސީލެއް ނުދެ އެވެ. ބައްދަލުވުމާ ގުޅޭގޮތުން ސަފީރު ކޮންގް މިހާތަނަށް ޕޯސްޓެއް ކުރައްވާފައެއް ނުވެ އެވެ.

އީސީގެ މެންބަރުން ޗައިނާގެ ސަފީރާ ބައްދަލުކުރައްވާފައިވާއިރު، އެ ކޮމިޝަނުން މިހާރު ތައްޔާރުވަމުން އަންނަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށެވެ.

އެ ކޮމިޝަނުގެ މެންބަރުން މީގެ މަހެއް ކުރިން ރާއްޖޭގައި ހުންނަވާ އެމެރިކާގެ ސަފީރު ހޫގޯ ޔޮންއާ ވެސް ވަނީ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމާ ގުޅޭގޮތުން ވެސް އީސީން އޭރު ޕޯސްޓުކުރީ ދާދި އެއް ވާހަކަ ތަކެކެވެ.