Advertisement

ހުލާސާކޮށް އިއްޔެ: ތިނަދޫ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑުކުރުން

26 ޖޫން 2025 - 06:40 0

ތިނަދޫ މޭޔަރު ސައުދު އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ


ހުލާސާކޮށް އިއްޔެ: ތިނަދޫ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑުކުރުން

26 ޖޫން 2025 - 06:40 0

ތިނަދޫ ސިޓީ ކައުންސިލުން ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް ބުނެ އެ ކައުންސިލުގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑުކުރަން ނިންމީ ސިޔާސީ ބޭނުމެއްގައި ކަމަށް ސައުދު ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އެލްޖީއޭ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮތޯރިޓީގެ ޑިރެކްޓަރު އަލީ އަބްދުﷲ ރަޝީދު ވިދާޅުވީ ތިނަދޫ ކައުންސިލަށް ފިޔަވަޅު އަޅަން ނިންމީ ދައުލަތުގެ އިދާރާތަކުންނާއި އާންމުންގެ ފަރާތުން ލިބިފައިވާ 19 މައްސަލައެއް ބެލުމަށް ކުރިއަށް ގެންދިޔަ އިންކުއަރީއަކަށްފަހު ކަމަށެވެ.

މިކަމާ ގުޅިގެން އަދަދު އާ ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ މިއީ ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށާއި ކައުންސިލުން ތިބީ ޝަރުއީ މަރުހަލާއަށް ވެސް ތައްޔާރުވެގެން ކަމަށެވެ. ނަމަވެސް، މިހާތަނަށް ސަސްޕެންޑުކުރިކަން ރަސްމީކޮށް ނާންގާ ކަމަށް ސައުދު ވިދާޅުވި އެވެ.

"އަސްލު ހަގީގަތުގަ މިއީ ކައުންސިލް ބަދުނާމުކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީން ކުރަމުންދާ ސިޔާސީ މަސައްކަތެއް. ލޯކަލް ގަވަމަންޓް އޮތޯރިޓީއަކީ މިހާރު އިދާރީ މަސައްކަތް ކުރާ ތަނެއް ނޫން. އެއީ ސިޔާސީ މަސައްކަތް ކުރާ ތަނެއް،" ސައުދު ވިދާޅުވި އެވެ.

މީގެތެރެއިން ގިނަ މައްސަލަތަކަކީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހަޅުއްވާފައިވާ މައްސަލަތަކެއް ކަމަށާއި މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ކުރަމުންދާ ސިޔާސީ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ އިދާރީ ގޮތުން ރަނގަޅު ކުރަން ޖެހޭ ކަންކަން ހުންނާނެ ކަމަށާއި އޭނާގެ މައްޗަށް ކޮށްފައިވަނީ ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި އެކަން ކަމުގެ ތަފުސީލާއި ލިޔެކިޔުންތައް އެލްޖީއޭ އާ ހިއްސާކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެލްޖީއޭ އިން ވެސް ވަނީ ތިނަދޫ ކައުންސިލުން އިންކުއަރީއަށް އެއްބާރުލުން ދިންކަން ފާހަގަކޮށްފަ އެވެ.

މިއަދުގެ މޫސުން


- އުތުރާއި މެދުރާއްޖެތެރޭ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެ - ވައިޖެހޭނީ އުތުރާއި މެދުރާއްޖެތެރެއަށް ހުޅަނގު ދެކުނުން 10 މޭލާއި 20 މޭލަށް. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 15 މޭލަށް. ވިލާގަނޑުގައި 35 މޭލަށް. - ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ. ވިލާގަނޑުގައި ގަދަވާނެ. - ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 2-4 ފޫޓުގައި. އުތުރާއި މެދުރާއްޖެތެރޭގައި 4-6 ފޫޓަށް

ނަމާދު ވަގުތު

  • ފަތިސް 04:38
  • އިރުއަރާ 05:56
  • މެންދުރު 12:13
  • އަޞްރު 15:36
  • މަޣްރިބް 18:21
  • ޢިޝާ 19:40

މުހިއްމު ބައެއް ހަބަރު