Advertisement

ހުލާސާކޮށް އިއްޔެ: މައުލޫމާތު ލީކުކޮށްފި ނަމަ އޮތީ ޖަލު

25 ޖޫން 2025 - 05:59 0


ހުލާސާކޮށް އިއްޔެ: މައުލޫމާތު ލީކުކޮށްފި ނަމަ އޮތީ ޖަލު

25 ޖޫން 2025 - 05:59 0

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފި ނަމަ ޖަލަށް ލުމުގެ އަދަބު ވެސް ދެވޭނެކަން ބަޔާންކުރާ ގަރާރެއްގައި އެ އޮތޯރިޓީގެ ހުރިހާ މުވައްޒަފުން ލައްވައި ސޮއިކުރުވަން ފަށައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މި ގަރާރުގެ ބައެއް ސަފުހާތައް އަދަދު އަށް ފެނިފައިވާއިރު، އޭގައި ބުނަނީ ވަޒީފާގެ އެއްބަސްވުމުގެ ދަށުން އެމްއެމްއޭގެ ގަވާއިދުތަކާއި މުވައްޒަފުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި ކޮޑް ކޮންޑަކްޓުގެ ދަށުން އެމްއެމްއޭއިން ލިބޭ ނުވަތަ އެނގޭ ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓަން ލާޒިމު ކަމަށެވެ.

"އަދި، އޮތޯރިޓީގައި އަހުރެން އަދާކުރާ ވަޒީފާ އަދާކުރުމުގައި އެނގޭ ނުވަތަ ލިބޭ އެންމެހާ މައުލޫމާތުގެ ސިއްރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981 އާއި އެ ގާނޫނުގެ ދަށުން، ހަދާ ގަވާއިދުތަކާއި، މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލުތަކާއި، ކޯޑް އޮފް ކޮންޑަކްޓް، އަދި އޮތޯރިޓީ އާއި އަހުރެންނާ ދެމެދު ވެވިފައިވާ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް، ހިފާހައްޓާނެ ކަމުގެ ޔަގީންކަންދެމެވެ،" ގަރާރުގައި ބަޔާންކޮށްފައި ވެ އެވެ.

ސިއްރު މައުލޫމާތުގެ މާނަ ވަރަށް ފުޅާކޮށް އެމްއެމްއޭގެ ގަރާރުގައި ބަޔާންކޮށްފައިވާއިރު، ގާނޫނުގައި ބުނާ ގޮތަކަށް މެނުވީ ހާމަކުރުމަކީ ކުށެއްކަން އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ލިޔެފައިވެ އެވެ. ޖެހިގެން އޮތް ޖުމްލައިގައި ބަޔާންކޮށްފައި ހުރީ ލިބޭ އަދަބުތަކެވެ.

މިއަދުގެ މޫސުން


- އެކި ހިސާބަށް ކެރީގެ އަސަރު ކުރާނެ އަދި ގުގުރުން އެކަށީގެންވޭ - ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލަށް. - ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ - ރާޅުގެ އުސްމިން ހުންނާނީ 2-5 ފޫޓުގައި

ނަމާދު ވަގުތު

  • ފަތިސް 04:37
  • އިރުއަރާ 05:56
  • މެންދުރު 12:12
  • އަޞްރު 15:36
  • މަޣްރިބް 18:21
  • ޢިޝާ 19:40

މުހިއްމު ބައެއް ހަބަރު