Advertisement

މާލޭގެ ގެއެއްގެ ދެވަނަ ފަންގިފިލާއިން އަންހެނަކު ވެއްޓިއްޖެ

22 ޖޫން 2025 - 09:38 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލޭގެ މަތިން ޑްރޯން އަކުން ނަގާފައިވާ އިމާރާތެއް: މާލޭގެ ގެއެއްގެ ދެވަނަ ފަންގިފިލާއިން އަންހެނަކު ވެއްޓިގެން ދަނީ ފަރުވާދެމުން --- ފޮޓޯ: އަދަދު


މާލޭގެ ގެއެއްގެ ދެވަނަ ފަންގިފިލާއިން އަންހެނަކު ވެއްޓިއްޖެ

22 ޖޫން 2025 - 09:38 1

މާލޭގެ ގެއެއްގެ ދެވަނަ ފަންގިފިލާއިން އަންހެނަކު ވެއްޓިއްޖެ އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ރޭ ފަތިހު 4:00 ހާއިރު މައްޗަންގޮޅީގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓުނީ 42 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

ވެއްޓުމުގެ ތެރޭގައި އެ މީހާގެ ދެ ފައިގެ ކުޑަހުޅު ނެއްޓި ރެނދުލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެ މީހާއަށް އިތުރު ފަރުވާ ދެމުން ގެންދަނީ އައިޖީއެމް ހޮސްޕިޓަލުގަ އެވެ.

މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

މީގެ ދެތިން މަސް ކުރިން މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފަންގިފިލާއިން ވެސް އަންހެނަކު ވަނީ ވެއްޓިފަ އެވެ. އެ މައްސަލަ ވެގެން ގޮސްފައިވަނީ މި ފަހުން އެންމެ ބޮޑު ސަމާލުކަމެއް ލިބުނު މައްސަލަ އަށެވެ.

ހ. ފެންޓެނޯއީ ގެއިން ހައްވާ ޔުމްނު، 21، ވެއްޓުނު މައްސަލައިގައި ފުލުހުން ބޮޑެތި ގޯސްތަކެއް ހެދުމުން ރައީސް މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަން ހަދައިފަ އެވެ. އެ ކޮމިޝަނުގެ ރިޕޯޓު ރައީސް އޮފީހުން މިހާރު ވަނީ އާންމުކޮށްފަ އެވެ.