Advertisement

ޔޯކެރޭޝް ޔުނައިޓެޑާ ގުޅެން ދެކޮޅު ހަދައިފި: ރިޕޯޓް

14 ޖޫން 2025 - 20:46 0

އަހުމަދު އާއިދު

އަހުމަދު އާއިދު


ޔޯކެރޭޝް ޔުނައިޓެޑާ ގުޅެން ދެކޮޅު ހަދައިފި: ރިޕޯޓް

14 ޖޫން 2025 - 20:46 0

ލިޒްބަން (ޖޫން 14) - ސްޕޯޓިން ލިޒްބަން އަށް ކުޅެމުން އަންނަ ސްވިޑަންގެ ފޯވާޑް ވިކްޓޯ ޔޯކެރޭޝް އޭނާގެ ކުރީގެ ކޯޗު ރުބެން އަމޮރިމް މިހާރު ކޯޗުކަން ކުރަމުންދާ މެންޗެސްޓާ ޔުނައިޓެޑާ ގުޅެން ދެކޮޅު ހަދާފައިވާ ކަމަށް ޕޯޗުގީސް މީޑިއާތަކުން ބުނެފި އެވެ.

ރެކޯޑު ޕޯޗުގަލް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ސީޒަނުގައި ޔުނައިޓެޑާ ގުޅެން ބޭނުންނުވާ ކަމަށް އެ ކްލަބަށް އެންގީ ޔޯކެރޭޝް، 27، ގެ އެޖެންޓެވެ. އިތުރު މީޑިއާއަކުން މި ވާހަކަތައް މިހާތަނަށް ރިޕޯޓުކޮށްފައެއް ނުވެ އެވެ.

މީގެ ކުރިން އިނގިރޭސި ބައެއް މީޑިއާތަކުން ވަނީ ޔޯކެރޭޝް ޔުނައިޓެޑާ ގުޅެން ބޭނުންވާ ކަމަށް ރިޕޯޓުކޮށްފަ އެވެ. ޔުނައިޓެޑުގެ އިތުރުން އިނގިރޭސި ކްލަބު އާސެނަލް އިން ވެސް ދަނީ މިދިޔަ ސީޒަނުގައި 52 މެޗުގައި 54 ގޯލު ޖެހި ފޯވާޑު ގަތުމަށް މަސައްކަތް ކުރަމުންނެވެ.

އިނގިރޭސި ކްލަބުތަކުގެ އިތުރުން ސްޕެއިން އަދި ފްރާންސްގެ ބައެއް ކްލަބުތަކުން ޔޯކެރޭޝް ގަންނަން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް އެއީ ކޮން ކްލަބުތަކެއް ކަމަށް މިހާތަނަށް ޔަގީންވެފައެއް ނުވެ އެވެ.

މި އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައި އެންމެ ފާހަގަކޮށްލެވޭ ޓްރާންސްފާއަށް ޔޯކެރޭޝްގެ ޓްރާންސްފާ ވެގެންދިޔުމުގެ ފުރުސަތު ބޮޑެވެ. ސަބަބަކީ އޭނާ އާއި ސްޕޯޓިން އާ ދެމެދު އުފެދިފައިވާ ނުތަވަސްކަމެވެ.

ޔޯކެރޭޝްގެ އެޖެންޓް، އަދި އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި، 70 މިލިއަން ޑޮލަރުގެ ޕެކޭއްޖެއްގެ ތެެރެއިން، ޔޯކެރޭޝް ގަންނަން ބައެއް ކްލަބްތަކަށް ފުރުސަތު އޮވެ އެވެ. އެކަން ދޮގުކޮށް ޕޯޗުގަލްގެ ޗެމްޕިއަނުންގެ ރައީސް ފްރެޑެރީކޯ ވަރަންޑާސް ވިދާޅުވީ، ކޮންޓްރެކްޓް ގަންނަން ދައްކަން ޖެހޭ ފީ ކަމަށްވާ 100 މިލިއަން ޑޮލަރު ދިނުމުން ނޫނީ އޭނާ ނުވިއްކާނެ ކަމަށެވެ.

މި ވާހަތަކަށްފަހު ޔޯކެރޭޝް ވަނީ އޭނާގެ ކުރިމަގާ ގުޅުވައި މިވަގުތު ފެތުރެމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް ބުނެ އިއްޔެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފަ އެވެ.