Advertisement

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި މީހަކު ހޯދަނީ

12 ޖޫން 2025 - 10:25 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ފޭކް ސްލިޕް ފޮނުވި މައްސަލާގައި ހޯދަމުން އަންނަ މީހާގެ ފޮޓޯ އަދި ވަނަވަރު


ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި މީހަކު ހޯދަނީ

12 ޖޫން 2025 - 10:25 1

ސައްހަ ނޫން މޯބައިލް ބޭންކިން ޓްރާންސެކްޝަން ސްލިޕެއް ފޮނުވި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުން މިއަދު ކުރި އިއުލާނުގައި ވަނަވަރު އާންމުކޮށްފައިވަނީ ހދ. މަކުނުދޫ، ލުބޯގަސްދޮށުގެ، އައިޝަތު މަލީހާ، 22 ގެ އެވެ. އޭނާގެ ވަނަވަރު އާންމުކުރީ ތަހުގީގަށް ހާޒިރުކުރަން ކުރި މަސައްކަތުން އޭނާ އުޅޭ ތަނެއް ކަށަވަރު ނުވާތީ ޗިޓު ރައްދު ނުކުރެވިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލަ ތަހުގީގުކުރަމުންދަނީ ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުންނެވެ.

ނަމަވެސް، ފޭކް ސްލިޕް ފޮނުވައިގެން ގަނެފައިވާ އެއްޗެއް ނުވަތަ ހޯދާފައިވާ ހިދުމަތެއްގެ ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. ފޭކް ސްލިޕް ފޮނުވީ ކިހާ އަދަދެއްގެ މުއާމަލާތެއްގައި މަކަރު ހެދުމަށް ކަމެއް ވެސް ބުނެފައެއް ނުވެ އެވެ.

ވަނަވަރު އާންމުކޮށްފައިވާ މީހާ ހާޒިރުވާން ޖެހެނީ މި މަހުގެ 18، ގެ ހެދުނު 10:00 ގައި ސާޖަންޓް އާދަދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށެވެ.